މި މަހުގެ 20 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްދީދީ އައްޑު އަށް ވަޑައިގަންނަވަން އުޅުއްވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަނާއާ ދެކޮޅަށް އައްޑޫގައި އިހުތިޖާޖު ކުރަން ވާނެ ކަމަށް ރައްޔިތުންހެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ މި ގައުމަަށް މިހާރު އެންމެ ބޮޑަށް ކުރިމަތިވެފައިވާ ތުރާލަކީ ރައީސް ޔާމީނާއި މެޑަމް ފާތުން ކަމަށެވެ.
"ވިހި ވަނަ ދުވަހު ފާތުމަތު އިބްރާހީމް މި އައްޑު އަށް ޒިޔާރަތް ކުރައްވާކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް އެބަ ލިބޭ. އިހުތިޖާޖު ކުރަން ވާނެ އިނގޭތޯ. އެއީ ތިޔަ ބޭފުޅުންގެ ހައްގެއް،" އަމީތު ވިދާޅުވި އެވެ. އަނިޔާއާ ދެކޮޅަށް ބޭއިންސާފާ ދެކޮޅަަށް ތި ބޭފުޅުން ތެދުވެވަޑައިގަންނަވާ. އިންސާފު ލިބެންދެން މިކަން ކުރަން ޖެހޭ. އެ ނޫން ގޮތަކަށް އަޅުގަނޑުމެންނަށް އަމާން ކަމެއް ލިބޭކަށް ނެތް."
ރައީސް ޔާމީނާއި މެޑަމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަމީތު ވިދާޅުވީ ރާއްޖޭގެ ހުރިހާ މުއައްސަސާތަކަށް މިހާރޔު ޖެހިފަިއ ވަނީ މި ދެ ބޭފުޅުންގެ އަބުރުގެ ހިމާޔަތުގައި މަސައްކަތް ކުރަން ޖެހިފަ އެވެ. އެކަމަކު އަބުރެއް އޮތީ އެ ދެ ބޭފުޅުންގެ އެކަނިތޯ އަމީތު ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރަކަށް އައްޑޫ ރައްޔިތުން ވޯޓެއް ވެސް ނުދޭނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ވެސް އެކަން ދައްކާނެ ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުން ވެސް އެކަން ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ