Last Updated: February 26, 11:06
Wednesday, February 26, 2025
ޚަބަރު

"އައްޑޫލައިވް" ގެ މޮބައިލް އެޕް ލޯންޗްކޮށްފި

ކިއުންތެރިންނަށް ފަސޭހަކަމާ އެކު "އައްޑޫލައިވް" ނޫސް ކިޔާލެވޭ ގޮތަށް މޮބައިލް އެޕެއް ލޯންޗްކޮށްފި އެވެ.

ސުވާދީވް ކެފޭގެ ބޭއްވި ހަފުލާއެއްގައި މޮބައިލް އެޕް ލޯންޗުކޮ ށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.

އައްޑޫލައިވް" އިން ވަނީ އެންޑްރޮއިޑް އަދި އައިއޯއެސް އެޕެއް ތައްޔާރުކޮށްފަ އެވެ.

"އައްޑޫލައިވް" ގެ ޑިވޮލޮޕަރުންގެ ޓީމުން ބުނީ މި އެޕް ޑިޒައިންކޮށްފައި ވަނީ ވީހާ ވެސް ފަސޭހައިން ހަބަރުތައް ކިޔައި އަދި ސޯޝަލް މީޑިއާގައި ހިއްސާ ކުރެވޭނެ ގޮތަށް ކަމަށެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހިނގާ ކަންތައްތަކުގެ އެންމެ ފަހުގެ ޚަބަރާއި މައުލޫމާތު ތާޒާކަމާ އެކު ލިބޭ ގޮތަށް ނޮޓިފިކޭޝަންއާ އެކު ތައްޔާރުކޮށްފައިވާ އައިއޯއެސް އަދި އެންޑްރޮއިޑް އެޕް ފަސޭހައިން ޑައުންލޯޑް ކުރެވޭނެ ގޮތް ވެސް ވަނީ ހަދައިފަ އެވެ.

އައިއޯއެސް ލިންކް
އެންޑްރޮއިޑް ލިންކް

"އައްޑޫލައިވް" އަކީ ޖެނުއަރީ 1، 2013 އިން ފެށިގެން ހުއްޓުމެއް ނެތި ހިންގަމުން އަންނަ ނޫހެކެވެ. މި ނޫހަކީ ގަވާއިދާ ހިލާފަށް ހިންގާ ނޫހެއް ކަމަށް ބުނެ ސަރުކާރުން އެޕްރީލް 27، 2016 ނޫސް ބަންދު ވެސް ކުރި އެވެ. ނަމަވެސް އެ މުއްދަތުގައި ވެސް ނޫހުގެ ހަބަރާއި މައުލޫމާތު އެކި ވަސީލަތް ބޭނުންކޮށްގެން ވަނީ ކިއުންތެރިންނާ ހަމައަށް ތާޒާކޮށް ގެނެސް ދީފަ އެވެ.

ނޫހަށް އަލުން ރާއްޖޭން ވަދެވޭ ގޮތަށް ސަރުކާރުން ހަދައި ދިނީ ޖުލައި 4، 2016 ގަ އެވެ.

"އައްޑޫލައިވް" އަކީ އަތޮޅަކަށް ނިސްބަތްވާ ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ އެއް ނޫހެވެ.