އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަކު ކުރަން ހިންގާ މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ. މި ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު ވަނީ މިދިޔަ މަހު އައްޑު އަށް ވަޑައިގެން ވެސް ބައްލަވައިފަ އެވެ.
The construction of state-of-the-art 100 bed tertiary hospital at Addu City is progressing at speed;scheduled to open in June 2018 @MMuizzu pic.twitter.com/thtxhUr1Oz
— housing.gov.mv (@HousingGovMv) October 14, 2017
އީސީސީ އެނދުގެ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް 161.8 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ.
އެ އިމާރާތް ހޮސްޕިޓަލަކަށް ބަދަލު ކުރާތީ އައްޑޫ ސިޓީ ކައުންސިލާއި އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.