Last Updated: November 27, 13:36
Wednesday, November 27, 2024
ރިޕޯޓް

މި އެއްޗެހި އެއްވެސް މީހަކާ ހިއްސާ ނުކުރާތި

1. ބޫޓާއި ފައިވާން

ބޫޓާއި ފައިވާނަކީ އާންމު ގޮތެއްގައި ފަންގަސް ހުންނަ އެއްޗެހި އެވެ. އެހެންކަމުން ގިނަ މީހުން އެއް ފައިވާނެއް ނުވަތަ ބޫޓެއް ބޭނުންކުރުމުން ފަންގަސް ފެތުރި، އިންފެކްޝަންތައް ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ.

2. ލިޕްސްޓިކް/ ލިޕް ގްލޮސް

އަންހެން ކުދިން ވަރަށް ގިނައިން ރައްޓެހިންނާއި ލިޕްސްޓިކް އަދި ލިޕް ގްލޮސް ހިއްސާކުރެ އެވެ. އެހެންނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެއީ ގައިންގަޔަށް އަރާ ބައްޔެއް އެކަކު ގައިގައި ހުރެއްޖެނަމަ، ލިޕްސްޓިކްގެ ޒަރިއްޔާއިން އެ ބަލި އެހެން މީހުންނަށްވެސް ޖެހިދާނެތީ އެވެ. އެގޮތުން ފެތުރޭ އެންމެ ނުރައްކާތެރި އެއް ބައްޔަކީ ހާޕީސް އެވެ.

3. ކޮސްމެޓިކް

އަނދުން އަދި ފުށްދަޅުފަދަ ތަކެތި އެއްވެއް މީހަކާއި ހިއްސާކޮށގެން ނުބާނެ އެވެ. ޕާޓީއަކަށް ތައްޔާރުވުމަށްޓަކައި ސެލޫނަކަށް ދާނަމަ، އަބަދުވެސް އެ ސެލޫނަކީ ސާފިތާހިރުކަމުގެ ފެންވަރު ރަނގަޅަށް ދަމަހައްޓާ ސެލޫނެއްތޯ ޔަޤީންކުރަން ޖެހޭނެއެވެ. އެހެންނޫނީ އެހެން މީހުންގެ ހަމުގައި ހުންނަ ބެކްޓީރިއާތައް އަމިއްލަ ހަންގަނޑަށް އަރާފާނެ އެވެ.

4. ތުވާލި

ސްކިން އިންފެކްޝަންތަކަކީ އެންމެ ގިނައިން އެހެން މީހުންގެ ތުވާލި ބޭނުންކުރުމުން ފެތުރޭ އިންފެކްޝަންތަކެވެ. އެހެންކަމުން ސްވިމިން ކްލަބްތަކާއި އެހެނިހެން ސްޕޯޓްސް ކްލަބްތަކަށް ދާއިރު، އެހެން މީހުންގެ ތުވާލި ބޭނުންކުރުމާއި ދުރުހެލިވާށެވެ. އެއީ ކޮންމެ މީހެއްގެ ތުވާލީގައި ވެސް އެމީހެއްގެ ގައިގައި ހުރި ބެކްޓީރިއާތަކާއި ފަންގަސް ހުންނާނެތީ އެވެ.

5. ފުނާ، ދަތި އަދި ވޫލް

އުކުނާއި ޑޭންޑްރަފް އަކީ އެހެން މީހުންގެ ފުނަލާއި ދަތި އަދި ވޫލް ބޭނުންކުރުމުގެ ސަބަބުން ފެތުރިދާނެ އެއްޗެހި އެވެ. އެހެންކަމުން އަބަދުވެސް އަމިއްލައަށް ބޭނުންކުރާ އެއްޗެހި ވަކިން ބަހައްޓާށެވެ.

6. ހެޑްފޯން

ކޮލެޖްގައި ނުވަތަ އޮފީހުގައި ރައްޓެހިންގެ ހެޑްފޯން ހޯދައިގެން ބޭނުންކުރުމަކީ ގިނަ މީހުންގެ އާދައެކެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ކަންފަތުގައި ތަފާތު އެކިއެކި ބެކްޓީރިއާތައް ހުރެއެވެ. އަދި އެހެން މީހުންގެ ހެޑްފޯންތައް ބޭނުންކުރުމުން އެ ބެކްޓީރިއާތައް ފެތުރެއެވެ. އެކަމުގެ ސަބަބުން ކަންފަތް އިންފެކްޓް ވުމަކީ އެކަށީގެންވާ ކަމެކެވެ.

7. ބޮޑީ ސްޕްރޭ އަދި ރޯލޯން

ބޮޑީ ސްޕްރޭ އާއި ރޯލޯން އަކީ އެއްފަހަރު ބޭނުންކޮށްލުމުން ވެސް ބެކްޓީރިއާތައް ނަގައިގަންނަ އެއްޗެހި އެވެ. އެހެންކަމުން އެ ބޮޑީ ސްޕްރޭ ފުޅި ނުވަތަ ރޯލޯން ފުޅި އެހެން މީހަކަށް ދީފިނަމަ، އެމީހެއްގެ ގަޔަށް ވެސް އިތުރު ބެކްޓީރިއާތައް އެރުމަކީ އެކަށީގެންވާ ކަމެކެވެ.

8. ސްޕޮންޖާއި މަސާޖު ރޯލާ

ފެންވަރަން ބޭނުންކުރާ ސްޕޮންޖްގެ އިތުރުން މަސާޖު ރޯލާ އަކީ ހަށިގަނޑުގައި ހުންނަ މަރުވެފައިވާ ސެލްތައް ނަގައިގަންނަ އެއްޗެހި އެވެ. އެހެން މީހަކާއި މިފަދަ އެއްޗެހި ހިއްސާކޮށްފިނަމަ، ފެތުރޭ ބެކްޓީރިއާތަކުގެ ސަބަބުން ހަންގަނޑު އިންފެކްޓް ވުމަކީ އެކަށީގެންވާ ކަމެކެވެ.