Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

"ޔާހުންބަރާސް" ގެ ހަނދާނީ ބިނާއެއް ހަދަނީ

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އައްޑޫން ފުރައިގެން ސިލޯނަށް ދަތުރު ކުރަނިށް ޖަޕާން ސިފައިން ހަމަލާ ދާ ފައްތައިލި އައްޑޫ މަޝްހޫރު އޮޑި "ޔާހުންބަރާސް" ގެ ހަނދާނުގައި ބިނާއެއް ހަދަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިފަދަ ބިނާއެއް ހެދުމަށް ކައުންސިލަށް ހުށަހެޅި ޖަމްޝީދާ މުހައްމަދު އެވެ.

އޭނާ ހުށަހެޅި މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް މި މައްސަލައަކީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ޙަރަކާތަކަށްވެފައި، މިކަމަކީ ކުރިއަށް ގެންދަން ފެންނަ ކަމަކަށްވާތީ މެމްބަރުންގެ އިއްތިފާގުން ވަނީ މިކަން ކުރަން ފާސްކޮށްފަ އެވެ.

"ޔާހުންބަރާސް" އަކީ ހިތަދޫ އެޅެދީދީގެ އަލިދީދީގެ އަމިއްލަ އޮޑިއެކެވެ. ސިލޯނަށް އޮޑި ކުރި ދަތުރުގެ ތެރޭގައި ވަނީ ސިއްކަގޭ މުހައްމަދު މަނިކުފާނާއި ހިތަދޫ އަބެއްޔާގެ އިބްރާހީމްދީދީ ފިޔަވައި، އެއިން ދަތުރު ކުރި އެންމެން މަރާލައިފަ އެވެ.