Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

އައްޑޫ ފުލުހުންނަށް އިންސާނީ ހައްގުތަކާ ބެހޭ މައުލޫމާތު

އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނަށް އިންސާނީ ހައްގުތަކާ ބެހޭ މައުލޫމާތު ދިނުމުގ ސެޝަނެއް ބާއްވައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސިއެމް) އާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ބޭއްވި ސެޝަންގައި އެންޓި ޓޯޗާ އާއި ހިއުމަން ރައިޓްސް ޑެކްލަރޭޝަން އާއި ހިއުމަން ރައިޓްސްގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވައިދުތަކާއި ފުލުހުންގެ ހައްޔަރުގައި ތިބޭ މީހުންނަށް ލިބެންޖެހޭ އިންސާނީ ހައްޤުތަކާއި އެ މީހުންނާ މެދު އަމަލު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.

މި ސެޝަނުގައި އައްޑޫގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވާ އިރު މި ސެޝަން ނަގައި ދިނީ އެޗްއާރްސީއެމްގެ މުވައްޒަފުންނެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ސެޝަނުގައި ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ ޢާއި އެ ކޮމިޝަންގެ މެމްބަރުންނާއި އައްޑޫގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައިވެ އެވެ.