1. ލޮނުމެދު
ކޮންމެ ދުވަހަކު ކެއުމުގައި ލޮނުމެދު ހިމެނުމަކީ ލޭހޮޅިތައް ޑައިލޭޓްކޮށްދީ، ބްލަޑް ޕްރެޝަރު ދަށްކޮށްދޭ ކަމެކެވެ. މީގެ އިތުރުން ލޮނުމެދަކީ ވެސޮކޮންސްޓްރިކްޝަން ރަނގަޅުކޮށްދީ، ލޭހޮޅިތައް ބްލޮކްވުމުން ހުއްޓުވައިދޭ އެއްޗެކެވެ.
2. ކަރާ
ހިތުގެ ބައްޔަށް މަގުފަހިކޮށްދޭ ފްރީ ރެޑިކަލްތައް ނައްތާލަދޭ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ލައިކޮޕީން ކަރާގައި އެކުލެވިގެންވެއެވެ. މީގެ އިތުރުން ކަރާ ކެއުމަކީ ކޮލެސްޓްރޯލް ލެވެލްތައް ވެސް ކޮންޓްރޯލްކޮށްދޭ ކަމެކެވެ.
3. ޑާކް ޗޮކްލެޓް
ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ޗޮކްލެޓްގައި ވީހާވެސް ގިނައިން ކޮކޯ ހިމެނިގެންވުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެއް ކަމަށެވެ. އެއީ ހަކުރާއި އެލްޑީއެލް (ނުބައި) ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ، އެޗްޑީއެލް (ރަނގަޅު) ކޮލެސްޓްރޯލް އިތުރުކޮށްދިނުމުގައި އެހީތެރިވެދޭ އެއްޗެކެވެ.
4. އޯޓްސް
މިއީ ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން އޯޓްސް އަކީ ނުބައި ކޮލެސްޓްރޯލް ދަށްކޮށްދީ، ހަޖަމުގެ ނިޒާމް އިތުރަށް ރަނގަޅުކޮށްދޭ އެއްޗެކެވެ.
5. ނަޓްސް (މަދު)
ވިޓަމިން އީ އަދި ޕްރޮޓީން ފައިބާ ގިނަ އަދަދަކަށް އެކުލެވިގެންވާ މަދަކީ ނުބައި ކޮލެސްޓްރޯލް ލެވެލް ދަށްކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. ނަޓްސް ކެއުން އެންމެ އެދެވިގެން ވަނީ ހެނދުނުގެ ނާސްތާގައެވެ.
6. ގްރީން ޓީ
ކޮންމެ ދުވަހަކު ހެނދުނު އެއް ޖޯޑް ގްރީން ޓީ ބުއިމަކީ ކޮލެސްޓްރޯލް އުފެދޭ މިންވަރު މަދުކޮށްދީ، މެޓަބޮލިޒަމް އަވަސްކޮށްދިނުމުގެ އިތުރުން ހިތާއި ގުޅުންހުރި ބަލިތަކުން ދުރުހެލިކޮށްދޭ ކަމެކެވެ.
7. ފެޓީ ފިޝް
މިއީ ކަނޑުމަހުގެ ތެރެއިން ގިނަ އަދަދަކަށް ފެޓްސް އެކުލެވިގެންވާ މަހެވެ. އެގޮތުން ސޭމަން އާއި ރެއްސަކީ އޭގެ ތެރޭގައި ހިމެނޭ ބާވަތްތަކެވެ. ކޮންމެ ހަފްތާއަކު 3-4 ފަހަރު މިކަހަލަ މަސް ކާން ވާނެއެވެ. އެއީ އޭގައި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާއެއް ކަމަށްވާ އޮމެގާ-3 ފެޓީ އެސިޑްސް އެކުލެވިގެންވާތީ އެވެ.
8. ފޮނިތޮށި
ކެލްސިއަމް އާއި ފައިބާ ގިނަ އަދަދަކަށް އެކުލެވިގެންވާ ފޮނިތޮށި އަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރު ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން ފޮނިތޮށި ކެއުމުން ނުބައި ކޮލެސްޓްރޯލް ލެވެލް ދަށްވެއެވެ. އޭގެ ސަބަބުން އެތެރޯސްކްލީރޯސިސް އާއި އެހެނިހެން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެއެވެ.
9. އެވޮކާޑޯ
އެމެރިކަން ހާޓް އެސޯސިއޭޝަން އިން ބުނާ ގޮތުގައި އެވޮކާޑޯގައި ހިމެނޭ ފެޓްސްގެ 75% އަކީ ދުޅާހެޔޮ ފެޓްސް އެވެ. އަދި ކޮންމެ ދުވަހަކު ކެއުމުގައި އެވޮކާޑޯ ހިމެނުމަކީ ބްލަޑް ޕްރެޝަރާއި ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމެއް ކަމަށެވެ.
10. އާފަލު
އާފަލުގައި ހުންނަ ސޮލިއުބަލް ފައިބާގެ ސަބަބުން ލޭދައުރުވާ މިންވަރު ކޮންޓްރޯލް ކުރެވެއެވެ. އަދި އާފަލުގައި އެކުލެވިގެންވާ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން އެލްޑީއެލް ކޮލެސްޓްރޯލް ދަށްކޮށްދީ އިންފްލެމޭޝަން އިން ދުރުހެލިކޮށްދެ އެވެ.