Last Updated: May 7, 14:04
Wednesday, May 7, 2025
ޚަބަރު

ތޯރިގްގެ ރައްދެއް ސޯބެ އަށް

ފެނަކައިން އައްޑު އަށް ދޭ ފެނުގެ ހިދުމަތް އައްޑޫ ރައްޔިތުން ނުހޯދަން އެދިވަޑައިގެން، އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ދެއްކެވި ވާހަކަތަކަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ރައްދު ދެއްވައިފި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަަ އިރު ބައެއް ފަރާތްތަކުން އެކަންކަން ސިޔާސީ ކުރަން އުޅޭ ކަމަށެވެ.

އަދި މޭޔަރު ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށް ތޯރިގް ވިދާޅުވި އެވެ.

"ރަށްރަށުގައި ޤާއިމުކޮށްފައިވާ ކައުންސިލްތަކަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ އެ ރަށަކާއި ހަމައަށް ގެނެސް ދިނުމަށް، ސަރުކާރަށް އެއްބާރުލުންދީ، ރައްޔިތުންނާއި ސަރުކަރާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތް. [އެކަމަކު] ބައެއް ކައުންސިލްތަކުން ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓްކުރަން މަސައްކަތް ކުރުމަކީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެން ދިއުމުގައި ސަރުކާރަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް."

މިނިސްޓަރު ވިދާޅުވީ އަސާސީ ޙިދުމަތްތަކަކީ މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ ކަންކަމަށްވާ އިރު، ބައެއް ކައުންސިލްތަކުން، އެ ރަށްރަށުގައި ހިންގޭ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ރައްޔިތުންނަށް ދޮގު މަޢުލޫމާތު ދޭ ކަމަށެވެ.

"ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙިދުމަތްތައް ފޯރުކޮށް ދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުން ކުރިއަށް ގެންދަވަނީ ވަކި ކުލައަކަށް ބެލުމެއް ނެތި. އެއީ ހުރިހާ ރައްޔިތުންގެ ވެސް ހެވާއި ލާބައަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކެއް." ތޯރިގް ވިދާޅުވި އެވެ.

ފެނަކަގެ ފެނުގެ ހިދުމަތާ ބެހޭ ގޮތުން ސޯބެ ވިދާޅުވީ ފެނުގެ ހިދުމަތް އައްޑޫގައި ދެނީ އެހެން ހިސާބުތަކަށް ވުރެ ތިންގުނަ އަގުބޮޑުކޮށް ކަމަށާއި އެ ފެނަކީ ބޯން ވެސް ރައްކާތެރި ފެނެއް ނޫން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ 5ކޮމެންޓް

Hasan

ތާރިގްައަށް ސަލާމް، ސޯބެ ހެއްދެވީ ތެދުފުޅެއް، ތާރިގް ތިޔަ ރައްޔިތުންނަށް އޮޅުވާލެއްވީއެވެ. އެ ފެނުގެ ބޭނުމެއް ނުކުރާނަން

ސަބްރީ

ތޯރިޤު އަނަގައެއްއޮތަތީ އެއްޗެކޭ ކިޔާލެވިދާނެއެވެ. އެހެނަސް އައްޑޫގެ ގެތަކަށް ފެނަކައިން ބެހި ލިއުމުގައި ފެން ޓަނެއްގެ އަގަކީ 65 ރުފިޔާކަމަށް. އަސާސީ ޚިދުމަތަކީ " މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ ކަންކަމަށް"ވާނަމަ ނިކަން ކެރިގެން ބުނެބަލަ މާލެއަށް ފެންޓަނެއް ވިއްކަނީ 22 ރުފިޔާއަކަށް ނޫނޭ! ދެން އަތްޖަހާ

އައްލާ އައްޑޫ ހިތަދޫ އެޗްޕީއެލް ސަރަހައްދުން ވަގުތުން...

ފެންއިސްކުރަށް ދޫކުރުމުން އަންނަނީ އަލިފާން ، ދެން ކިހިނެއްތަ އެބޭނުންކުރާނީ … ސޯބޭއެއްކަމަކު އެބުނީ ރަންގަޅުވާހަކައެއް … 10 ވަރަކަށޤ މީހުން އުޅޭ އާއިލާއަކަށް މަހަކު ތިޔަފެން ބޭނުން ކޮއްފިނަމަ 5000 ވަރަކަށް ރުފިޔާ ދައްކަންޖެހުމުން އެފެން ބޭނުން ކުރާނެގޮތެއް ބުނެދީބަލަ….. އަލިފާން ނޫން ދެންކޯއްޗެއްބާ އިސްކުރުން އަންނާނީ….

ހަސަން

ކައުންސިލްތަކަކީ އެއްބާރުލާން ތިބި ބައެއްގެ ގޮތުގައެއް ނޫން ގާނޫނުގަ އޮތީ. ލޯކަލް ގަވަރނަންސްގެ ގާނޫނުތައް އަލުން ބެއްލެވުން އެދެން. އޭގަ އޮތް އެއްވެސް އިޚުތިޔާރެއް ކައުންސިލްތަކަށް ނުދީ ތިބި ތިބުން ވާނީ ގާނޫނަށް އަރައިގަނެ ގާނޫނާ ޚިލާފު ވުމަށް. ތިޔަކަންވެސް ކޮންމެވެސް ދުވަހަކުން ބެލޭނެކަމުގައި ހީކުރަން.

މާކަނާ

ތޯރިގްގެ އަބަދުވެސްމަސަތްކަކީރައިޔަތުންނަށްއޮޅުވާލުން ދެންއަށްޖަހާ!