Last Updated: September 16, 22:20
Monday, September 16, 2024
ރިޕޯޓް

ހުދު ހަނޑޫ: މަދުކޮށްލާ، ހަކުރު ބަލި ޖެހިދާނެ

ބަތާ ނުލައި ދިވެހިންނަށް ދިރި އުޅެނިވިދާނެ ހެއްޔެވެ؟ ގައިމު ވެސް ގިނަ ބައެއްގެ ޖަވާބަކަށް ވާނީ ނޫކެކޭ އެވެ. ބަތަކީ ދިވެހިންގެ ކެއުމުގެ އެންމެ އާންމު ބާތެވެ. މެންދުރާއި ރޭގަނޑުގެ ކެއުމުގެ އެންމެ މުހިއްމު ބަޔަކީ ވެސް ބަތެވެ. ހާއްސަކޮށް ހުދު ހަނޑޫ ބަތަކީ މި ޒަނާމުގައި ދިވެހި ސުފުރާމަތީގެ އެންމެ އާންމު ބާވަތެވެ.

އެކަމަކު މި ބަތާ ބެހޭ ގޮތުން މިހާރު ބުނަން އޮތީ ވަރަށް ހިތްދަތި ވާހަކަ އެވެ. މިއީ ޔަގީނުން ވެސް ބަތަށް ދެވި ހިފާފައި ތިބި އޭޝިއާގެ އެތައް މިލިއަން ބަޔަކަށް ލިބޭނެ ވަރަށް އަސަރު ކުރުވަނިވި ވާހަކައަކަށް ވާނެ އެވެ.

ހުދު ހަނޑޫ ބަތާ ބެހޭ ގޮތުން ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހެޔޮވަރުގެ ބަތް ކެއުމަކީ ހަކުރު ބައްޔަށް ހުށަހެޅިދާނެ ކަމެކެވެ. އަދި ހުދު ހަނޑުލު ބަތް ތަށްޓެއް ކެއުމެކޭ، ދެ ދަޅު ސޮޑާ ބުއިމެކޭ އެއްވެސް ތަފާތެއް ނެތް ކަމަށް ދިރާސާ ހެދި ޓީމުން ބުންޏެވެ.

އެ މީހުން ބުނާ ގޮތުގައި ބަަތަކީ ގިނަ އަދަދަކަށް ސްޓާޗް އެކުލެވިގެންވާ އެއްޗެއްކަމުން އޭގައި ހަކުރު އެކުލެވޭ މިންވަރު މައްޗެވެ. ކެއުމުގެ ބޮޑު ބަޔަކަށް ހެދުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫނެވެ.

ދިރާސާ ހެދުމުގައި ބައިވެރިވި ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ހެލްތު ޕްރޮމޯޝަން ބޯޑްގެ ޗީފް އެކްޒެކެޓިވް ޒީ ޔޫންގް ކެންގް ވިދާޅުވީ އާދައިގެ މަތިން ކޮންމެ ދުވަހަކު ހުދު ހަނޑު ބަތް ކާ މީހުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު 11 ޕަސަންޓް އޮތް ކަމަށެވެ.

އެހެންވެ ހުދު ހަނޑުލު ބަތް ކާން ބޭނުން ނަމަ އޮތް އެންމެ ރަނގަޅު ހައްލަކީ ރަތް ހަނޑޫ ބަތް ކާ މިންވަރު 20 ޕަސަންޓަށް ޖައްސާލުން ކަމަށް ޒީ ވިދާޅުވި އެވެ. މީގެ ސަބަބުން ހަކުރު ބަލީގެ ޝިކާރައަކަށް ވެދާނެ ކަމަށް އޮތް ބިރު 16 ޕަސަންޓް ކުޑަކޮށްލެވެ އެވެ.

މެންދުރު ކާން ހުރީ ހުދު ހަނޑޫ ބަތް ހެއްޔެވެ؟ އެހެންވެއްޖެ ނަމަ ސީރިއަސްކޮށް ވިސްނައިލާށެވެ.