އައްޑޫގައި ބާއްވާ ސަބާ މޯލްޑިވްސް އަހަރީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ސަބާ މޯލްޑިވްސް އަހަރީ ބާޒާރު އޮންނާނީ ހިތަދޫ ޝަރަފުއްދީނު ސްކޫލުގައި އަންނަ މަހުގެ 24 އާއި 25 ގައި ކަމަށެވެ.
ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާފަ އެވެ. ބާޒާރުގައި ބައިވެރިވާމުމަށް އެދި ރަޖިސްޓްރީ ކުރުމަށް 3003018،7799388 ނަންބަރު ފޯނާ ގުޅައި ނުވަތަ sabah@trade.gov.mv އަށް އީމެއިލް ކުރަން މިނިސްޓްރީން އެދެ އެވެ.
މި ބާޒާރުގައި ސަބާގެ މެންބަރުންގެ އިތުރުން ވިޔަފާރިވެރިންނަށާއި ކުލަބް ޖަމިއްޔާތަކަށް އަދި އާންމުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.