Last Updated: November 27, 13:36
Wednesday, November 27, 2024
ރިޕޯޓް

ތީގައި ވިޓަމިން ޑީ އެބަހުރިތަ؟

1. ހޯލް މިލްކް

ކިރަކީ ވިޓަމިން ޑީ އިން ފުރިގެންވާ އެއްޗެކެވެ. އެގޮތުން އެއް ޖޯޑް ކިރުގައި ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ވިޓަމިން ޑީ ބޭނުންވާ މިންވަރުގެ 20% ހިމެނެއެވެ. ބަރުދަނާއިމެދު އެއްވެސް ގޮތަކަށް ހާސްނުވެ ކެއުމުގައި ކިރު ހިމަނަންވާނެ އެވެ.

2. ޗީޒް

ރިކޯތާ ޗީޒް ގައި އެހެނިހެން ބާވަތްތަކުގެ ޗީޒް އަށްވުރެ ފަސް ގުނަ އިތުރަށް ވިޓަމިން ޑީ އެކުލެވިގެންވެއެވެ. ކޮންމެ ދުވަހަކު ކެއުމުގައި މި ޗީޒް ހިމެނުމަކީ ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ވިޓަމިން ޑީ ބޭނުންވާ މިންވަރުގެ 10% ލިބިގެންދާނެ ކަމެކެވެ.

3. އޮރެންޖް ޖޫސް

އޮރެންޖް ޖޫހަކީ ރަހަވެސް އެހާ މީރު އަދި ހަށިގަނޑަށް ވެސް ވަރަށް ފައިދާހުރި އެއްޗެކެވެ. ވިޓަމިން ޑީގެ އިތުރުން އޮރެންޖް ޖޫހުގައި ވިޓަމިން އޭ ވެސް އެކުލެވިގެން ވެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުމަށާއި ހަންގަނޑަށް ވަރަށް ރަނގަޅު މާއްދާއެކެވެ. މީގެ އިތުރުން ވިޓަމިން އޭގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ވެސް ކުޑަވެއެވެ.

4. މަޝްރޫމް

ޝިޓޭކް، ބަޓަން އަދި އޮއިސްޓާ މަޝްރޫމަކީ ގިނަ އަދަދަކަށް ވިޓަމިން ޑީ އާއި ވިޓަމިން ބީ1 އަދި ވިޓަމިން ޑީ2 ވެސް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެހި އެވެ. ވީހާވެސް ގިނަ ފައިދާ ލިބިގަތުމަށްޓަކައި މަޝްރޫމް ބޭނުންކުރުމުގެ ކުރިން އަވީގައި ލާށެވެ. އެއިރުން އޭގައި ހުންނަ ވިޓަމިން ޑީގެ މިންވަރު އިތުރުވާނެ އެވެ.

5. ބިސް

ބިހަކީ ޒިންކް އާއި އަޔަން އަދި ޕްރޮޓީން، ވިޓަމިން ޑީ، ވިޓަމިން އޭގެ އިތުރުން ވިޓަމިން އޭ ފަދަ ގިނަ ނިއުޓްރިއެންޓްތައް ހިމެނޭ އެއްޗެކެވެ. މި ނިއުޓްރިއެންޓްތަކުގެ ސަބަބުން އިސްތަށިގަނޑާއި ނިޔަފަތި ދުޅަހެޔޮ ވެއެވެ. ބޮޑު އެއް ބިހުގައި ހަށިގަނޑަށް ދުވާލެއްގެ މައްޗަށް ވިޓަމިން ޑީ ބޭނުންވާ މިންވަރުގެ 8% ހިމެނެއެވެ.

6. ކަނޑު މަސް

ކަންނެއްޔާއި ސޭމަން އަކީ އެންމެ ގިނައިން ވިޓަމިން ޑީ އެކުލެވިގެންވާ އެއްޗެހީގެ ތެރޭގައި ހިމެނޭ ދެ މަހެވެ. ވިޓަމިން ޑީގެ އިތުރުން ހިތުގެ ދުޅަހެޔޮކަމަށް ރަނގަޅު އޮމެގާ-3 ފެޓީ އެސިޑްސް މި ބާވަތްތަކުގެ މަހުގައި ހިމެނެއެވެ.