މާލޭން ވެސް ނުލިބޭ ސިއްހީ ހިދުމަތްތަކާ އެކު އައްޑޫގައި ތަރައްގީ ކުރާ 100 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެެއްގެ ތަކެތި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މެޝިނަރީ އާއި މެޑިކަލް އިކުއިޕްމަންޓްސް އާއި ފަރުނީޗަރާއި ޓޫލްތައް ސަޕްލައިކޮށް، ޑެލިވަރީއާ އެކު އިންސްޓޮލޭޝަން އަދި ކޮމިޝަނިންކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރިކޮލިފިކޭޝަން ޑޮކިޔުމަންޓް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މީގައި ބައިވެރިވާން 1،500ރ. ގެ ނަން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ޕްރި-ކޮލިފިކޭޝަން ޑޮކިޔުމަންޓް ސޮފްޓްކޮޕީ ފޯމެޓްގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.
ޕްރި-ކޮލިފިކޭޝަން ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 14 ގަ އެވެ.
އެލިއާއާ ހަވާލުކޮށްގެން އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރާ މަޝްރޫއު ނިންމައި އަންނަ އަހަރުގެ ޖޫންގައި ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.