Last Updated: November 24, 13:27
Sunday, November 24, 2024
މުނިފޫހިފިލުވުން

ބަތަލާ އާސިން އަންހެން ކުއްޖަކު ވިހައިފި

ކުރީގެ ބަތަލާ އީޝާ ޑިއޯލް މިދިޔަ ހުކުރު ދުވަހު އަންހެން ކުއްޖަކު ވިހައިގެން އެކަމުގެ އުފާ ފާޅު ކުރަމުން ދަނިކޮށް، ބަތަލާ އާސިން އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

"ގަޖިނީ" އާއި "ލަންޑަން ޑްރީމްސް" ފަދަ ފިލްމްތައް ކުޅެފައިވާ އާސިން، 31، ވިހެއީ މިއަދު އެވެ. އޭނާ އަށް ވެސް ލިބުނީ އަންހެން ކުއްޖެއް ނަމަވެސް، ދަރިފުޅާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.

އާސިން އާއި އޭނާގެ ފިރިމީހާ ރާހުލް ޝަރްމާ ނެރުނު ބަޔާނެއްގައި ބުނީ އަލަތު ދަރިފުޅާ އެކު އާއިލާ އަށް ވަަރަށް ބޮޑު އުފާވެރި ކަމެއް ލިބިފައިވާ ކަމަށެވެ. އަދި މި އުފަލުގައި އާއިލާ އަށް ތަހުނިޔާ ފޮނުވި އެންމެންނަށް ޝުކުރު އަދާ ކުރާ ކަމަށް ބުންޏެވެ.

ބޮލީވުޑަށް ވުރެ ބޮޑަށް އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި މަޝްހޫރު އާސިން އާއި ރާހުލް ކައިވެނި ކުރީ މިދިޔަ އަހަރު އެވެ. ރާހުލްއަކީ މައިކްރޮމެކްސްގެ އެއް ފައުންޑާ މެމްބަރެވެ.

އާސިން އެންމެ ފަހުން ފެނިގެން ދިޔަ ހިންދީ ފިލްމަކީ 2015 ގައި އަބިޝެކް ބައްޗަންއާ އެކު ކުޅުނު "އޯލް އިޒް ވެލް" އެވެ.