Last Updated: November 25, 22:26
Monday, November 25, 2024
ސިއްހަތު

ރީތިކޮށް އިސްތަށިގަނޑު ދޮންނާނީ ކިހިނެއް؟

އިސްތަށިގަނޑު ދޮވުމަކީ ވަރަށް އާދައިގެ ކަމެކެވެ. މި އާދައިގެ ކަން މާ ބޮޑަށް އާދައިގެ ގޮތަކަށް ނަަގައިފި ނަމަ އަހަރެމެންނަށް ވެސް އެނގުމަކާ ނުލާ އަހަރެމެން އަމިއްލަ އަށް ކުރެވޭ ބައެއް ކަންތަކުން އިސްތަށިގަނޑު ހަލާކުވުމަށް މަގުފަހި ވެ އެވެ.

އިސްތަށިގަނޑު ކިތަންމެ ދިގު ވިޔަސް އޭގެ މާނައަކީ އިސްތަށިގަނޑު ވަރުގަދަވުމެއް ނޫނެވެ. ހަޤީގަތުގައި އިސްތަށިގަނޑަކީ ވެސް އަހަރެމެންގެ ހަށިގަނޑުގެ އެންމެ ނާޒުކު ގުނަވަންތަކު ތެރެއިން އެއް ގުނަވަނެވެ.

އިސްތަށިގަނޑުގައި ވެސް ދިރުމެއް ވެ އެވެ. އެއަށް ކާނާ އާއި ފެން ބޭނުން ވެ އެވެ. އަހަރެމެންނަށް ބޭނުންވާ ފަދައިންނެވެ. އިރު އިސްތަށިގަނޑަ ދޮވުމުގެ އެންމެ ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟ މިއީ ވިސްނުން މަޖްބޫރު ސުވާލެކެވެ.

އިސްތަށިގަނޑު ދޮންނަން ފެށުމުގެ ކުރިން އިސްތަށިގަނޑުގެ ގޮށް ރަނގަޅަށް ފިލުވާލާށެވެ. އެއީ އިސްތަށިގަނޑު ދޮވުމުގެތެރޭ ގޮށްޖެހުން މަދު ކުރުމަށެވެ.

ތާފަނާ ފެނުން އިސްތަށިގަނޑު ތެއްމާލާށެވެ. އިސްތަށިގަނޑުގައިވާ ތެލާއި ކްރީމް ފަދަތަކެތި ރަނގަޅަށް ދޮވެލާށެވެ. އޭގެ ފަހުގައި ރަނގަޅަށް އާދައިގެ ފެނުން އިސްތަށިގަޑު ފޯކޮށްލާށެވެ. މިގޮތަށް ފޯކު ރާއިރު މަޑުމަޑުން ފިރުމާށެވެ. އިސްތަށިގަނޑުގައި ވެސް އަހަރެމެންނަަށް ބޭނުންވާ ފަދައިން ފިރުމުންތަކާ އަޅާލުން ބޭނުން ވާނެ އެވެ.

ޝޭންފޫ އެއްވެސް ހާލެއްގައި ޑިރެކްޓްލީކޮށް އިސްތަށިގަނޑުގައި ހާކައިގެންނުވާނެ އެވެ. ޝޭންފޫ ފުރަތަމަ ޢަޅަން ޖެހޭނީ އަހަރެމެންގެ އަތްތިލައަށެވެ. އަދި ދެ އަތްތިލަ އުގުޅާލުމަށް ފަހު އިސްތަށިގަނޑުގައި ލާންވާނީ ކުޑަހިނދުކޮޅަކުންނެވެ.

މި ޕޮއިންޓުގައި ވިސްނަން ޖެހޭ ކަމަކީ ސީދާ އިސްތަށިގަނޑުގައި ޝެންޕޫ ނުހޭކުމެވެ. ޝެންޕޫ ހާކަން ޖެހޭނީ ބޮލަށް ވީ ބައިގަ އެވެ.
އިސްތަށިގަނޑުގައި ޝެންފޫ ހޭކުމުން އިސްތަށިގަނޑުގެ ވަރުދެރަވެ އިސްތަށިގަނޑު ދެކަފިވާ ގޮތްވެ އެވެ. ވީ އަވަސް މިނެއްގައި ބޮލުން ޝެންފޫ ފިލުވަން ވެސް ޖެހޭނެ އެވެ.
މިގޮތުގައި ދެ ފަހަރު ބޮލުގައި ޝޭންޕޫ ލާން ޖެހޭނެ އެވެ. ފުރަތަމަ ޝޭންޕޫ ލާ ފަހަރު ދޮވެވޭނީ ހަމައެކަނި ބޮލުގައި ހުންނަ ތެލާއި ކުރީމެވެ. ދެވަނަ ފަހަރު ބޮލުގައި ލާ ޝެންޕޫ އިން ބޮލަށް ފަރުވާ ލިބޭނެ އެވެ. އެކަމަކު މިއިން ކޮންމެ ފަހަރަކު ވެސް އަވަހައް ބޯ ދޮންނަން ޖެހޭނެ އެވެ.

މަޑުމަޑުން އިސްތަށިގަޑަށް ފިތާލާށެވެ. މިއީ އިސްތަށިގަނޑުގައި ހުރި ފެން މަދުކޮށްލުމަށެވެ. މިވަގުތު އިސްތަށިގަނޑާ މެދު މާ ބޮޑަށް ސަމާލުވާން ޖެހޭނެ އެވެ. ސަބަބަކީ އިސްތަށިގަނޑު ތެއްކޮށް އޮތިއްޔާ ހަލާކުވުން އަވަސް ވާނެ އެވެ.

ކުރިން ވެސް ބުނެދިން ފަދައިން ކޮންޑިޝަނާ ވެސް އެންމެ ފުރަތަމަ އަޅަން ޖެހޭނީ އަތްތިލައަށެވެ. މި ފަހަރު ތަފާތަކީ ކޮންޑިޝަނާ ލާން ޖެހޭނީ ބޮލަކު ނޫނެވެ. ސީދާ އިސްތަށިގަޑުގަ އެވެ. އަދި އިސްތަށިގަނޑުގެ ދިގުމިނަށް އަތްހާނާލުމަށް ފަހު އިސްތަށިގަނޑު މަޑުމަޑުން ލަންބާލުމަށް ފަހު ޝަވާކެޕެއް އަޅާށެވެ. ދިހަ ވަރަކަށް މިނެޓްކޮށްފައި ރަނގަޅަށް ބޯދޮވެލާށެވެ.
ދިހުންއަރާ ރީތިއިސްތަށިގަޑެއް ބޭނުން ހެއްޔެވެ؟

އަހަރެމެންގެ އިސްތަށިގަޑަށް ދިހުން ގެނައުމަށް ބޭނުން ވަނީ ވިޓަމިން އީ ކިޔާ މާއްދާއެކެވެ. ވިޓަމިން އީ ހޯދުމައްޓަކާ ފެހިކަންގަދަ ފަތާތަރުކާރީ ކެއުން މުހިއްމެވެ. އިސްތަށިގަޑުން ހަން ފޮޅޭހެއްޔެވެ؟

ހޯދުންތަކުން އެނގޭ ގޮތުގައި ކޮންމެ ދެ މީހަކުން އެކަކީ ބޮލުގައި ހަން ފޮޅޭތީ މައްސަލަ ޖެހޭ މީހެކެވެ. ބޮލުގައި ހަން ފޮޅެނީ ކީއްވެ ހެއްޔެވެ؟ މިއީ ކޮންމެ މީހެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. އަހަރެމެންގެ ހަށިގަނޑުގެ ހަން ކޮންމެ 28 ދުވަހަކުން ބަދަލު ވެ އެވެ. އެކަމަކު މިކަމުގެ އިހުސާސް އަހަރެމެންނަށް އެއްގޮތަކަށް ވެސް ނުކުރެ ވެ އެވެ.

ބޮލުގައި ހަން ފޮޅުވުން މަދު ކުރާނީ ކިހިނެއް؟

ދެ ލުބޯގެ ލުނބޯ ހުތް
ދެ ސަމުސާ މާމުއި
ދެ ސަމުސާ ފިނިފެން
ބައިޖޯޑު ހުދުކެލާ (ހިމުންކޮށް ގާނާފަައި)

ތެއް ފޮތިގަނޑަކުން ބޯ ރަނގަޅަށް ތެއްމާލާށެވެ. މަތީގައި ބަޔާންކޮށްފައިވާ އެއްޗެހި އެއްކޮށް ގަށާލުމަށް ފަހު ބޮލުގައި ލާށެވެ. ތެއް ފޮތިގަނޑަކުން ބޯ އެއްކޮށް ކަވާކޮށްލާށެވެ.
ބޯ ހިކެމުން އަންނަކަން ފާހަގަވާ ނަމަ ފިނި ފެނުން ބޯ ތެއްމާށެވެ. ބައި ގަޑި އިރު ފަހުން ބޯ ދޮވެލާށެވެ. މި ގޮތަށް ދެ ފަހަރު ހެދޭ އިރު ބޮލުގެ ހަން ފެޅުން ރަނގަޅުވެ އިސްތަށިގަނޑު ވަރުގަދަ ވާނެ އެވެ.

އިތުރު އެހީ:

1. އިސްތަށިގަނޑު ތެއްކޮށް އޮތްވައި ހުޅި ނުޖަހާށެވެ.
2. އިސްތަށިގަނޑުން ފެން ހިއްކުމަށް ހެޔާޑުރަޔާ ބޭނުން ނުކުރާށެވެ.
3. ގިނައިން ފެން ބޯން އާދަކުރާށެވެ.
4 ފެހިކަން ގަދަ ތަރުކާރީ ކެއުންގިނަކުރާށެވެ.