ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި، ދާއިރާތަކުގެ ބައި-އިލެކްޝަންސް ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާތީ އެކަން އަންގައި ދޭން އެދި އެދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ފޮނުވި ސިޓީއާއި ގުޅިގެން އެކަމަކީ އެ ކޮމިޝަނާއި ބެހޭކަމެއް ނޫން ކަމަށް ބުނެ އިލެކްޝަނުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ބޭފުޅުން ތަމްސީލް ކުރައްވަމުންގެންދެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ނަމަ އެކަން ސާފުކޮށް ދެއްވުމަށެވެ.
އެ ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެކަމާއިމެދު ހިލާފެއް އުފެދިއްޖެ ނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުންކަމުގައި ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ސަރީހަ ނައްސުން ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އެ މެމްބަރުން ވަކިވެފައިވާ ކަމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަމުންދިޔަ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ކޮމިޝަނުން ނިންމަވާފައިވާ ނަމަ އެ ނިންމުންގެ ޝަރީއަތުގައި ކަނޑަ އެޅުމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން އެފަދަ ނިންމުމެއް ނިންމާފައިވާ ނަމަ އެ ނިންމުން ސުޕްރީމް ކޯޓު މެދުވެރިކޮށް ފައިސަލާކުރަނިވި ހުކުމެއް ނެރުމަށްޓަކައި ކޮމިޝަނުން އެ މެމްބަރުން ތަމްސީލް ކުރައްވަމުން ދިޔަ ގޮޑި ހުސްވެފައިވާ ކަމަށް ކަނޑައަޅާ ނަމަ އެކަން އެނގޭނެފަދަ ލިޔުމެއް ލިބޭނެގޮތެއް ހަމަޖައްސަވައި ދެއްވުންއެދޭ ކަމަށެވެ.
ނަމަވެސް ކޮމިޝަނަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބައެއް މެމްބަރުންނަށް ފޮނުވި ޓީގައި ބުނެފައި ވަނީ "ތި މައްސަލާގައި ކަމާ ގުޅުން ހުރި އިދާރާގައި ދެންނެވުން ރަނގަޅުވާނެ ކަމަށް ދެކޭ" ކަމަށެވެ. އެ ނޫން އިތުރު އެއްވެސް ވާހަކައެއް އެ ސިޓީގައި ބުނެފައެއް ނުވެ އެވެ.
ޕާޓީ ބަދަލުކުރި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހަތް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެކަމަށް އެ ކޮމިޝަނުން އަމިއްލަ އަމިއްލަ އަށް ނިންމައިފަ އެވެ.
އެއީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު ސިނާނާއި ތިނަދޫ ދެކުނު ދާއިރަގެ މެމްބަރު އަބްދުﷲ އަހުމަދު އަދި ގެމަނަފުށި ދާއިރާގެ މެމްބަރު އިލްހާމެވެ. އަހުމަދު އެވެ.