އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔޫނިއަން އިން އިންތިޒާމްކޮށްގެން ބާއްވާ ކްލައިމެޓް ޗޭންޖް ބަހުސަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވަތު ދީފި އެވެ.
މި ބަހުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.
ތިމާވެއްޓާ ގުޅޭ މި ބަހުސްގައި ތިމާވެށީގެ މައްސަަލަތައް ހައްލު ކުރުމަށް ހުރި ހުރަސްތަކާއި ތިމާވެށީގެ ދާއިރާ އިން ހެދިފައިވާ ގަވައިދުތައް ތަންފީޒު ނުކުރެވުމާއި މި މައްސަލައަށް އާންމުން ދޭ ސަމާލުކަން ކުޑަވުމާ ބެހޭ ގޮތުން ބަހުސް ކުރާނެ އެވެ.
މި މައުލޫއުއާ އެއްކޮޅަށް ވާހަކަ ދައްކަވާނީ އިނގިރޭސިވިލާތުގެ މަޖިލީސް މެންބަރު ބެރީ ގާޑިނާ އާއި ޖަރުމަންވިލާތުގެ ތިމާވެއްޓާ ބެހޭ ވަޒީރު ބާބަރާ ހެންރިންކްސް އާއި ތިމާވެށީގެ ދާއިރާގެ މާހިރެއް ކަމަށްވާވާ ޑޭވިޑް ކިންގް އެވެ.
މި މައުލޫއުއާ ދެކޮޅަށް ވާހަކަދައްކަ ވާނީ ނިއުކްލިއާ ފިޒިސިސްޓެއް ކަމުގައިވާ އާނެސްޓް މޯނިޒް އާއި ރައީސް ނަޝީދާއި ނެޓާލީ ބެނެޓް އެވެ.