ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ 25 މިލިއަން ރުފިޔާގެ ގެޓްސެޓް ލޯނަށް މި އަހަރު ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ލޯނު ލިބުނު ފަރާތްތައް މި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފި އެވެ.
ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ ގެޓްސެޓް ލޯނަށް ކުރިމަތިލީ މީހުންގެ ލިސްޓް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ދި ލޯނަށް ކުރިމަތިލީ މީހުންގެ ތެރެއިން ލޯނަށް ޝަރުތު ފުރިހަމަވާ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވާލެވިފައިވާ ކަމަށެވެ.
ތައުފީގް ވިދާޅުވީ ގެޓްސެޓް ލޯނު ލިބުނު ފަރާތްތައް އިއުލާންކޮށް މި މަހުގެ ތެރޭގައި ލޯން އެވޯޑް ކުރާނެ ކަމަށެވެ.
މީގެ ދެ އަހަރު ކުރިން ފެށި ގެޓްސެޓް ލޯނަށް ކުރިމަތިލެވެނީ އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި އެކަމަށް އެދޭ ޒުވާނުންނަށް 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ދޫކުރެ އެވެ.