Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

ޝަރަފުއްދީންގެ 2016 ގެ މޮޅު ދަރިވަރަކަށް ނަޒާހާ

ޝަރަފުއްދީން ސްކޫލްގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ގްރޭޑް 10 އީ ގެ ދަރިވަރު ނަޒާހާ ރަޝީދު ހޮވިއްޖެ އެވެ.

ރޭ ބޭއްވި އެ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާގައި، ނަޒާހާ އަށް އެންމެ މޮޅު ދަރިވަރުގެ އިނާމް ހަވާލްކޮށް ދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރެވެ.

ނަޒާހާ ވަނީ ޝަރަފުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ އިތުރުން ޖިސީއީ އޯލެވެލް އިމްތިޙާނުގައި ޓޮޕް 10 ގެ އެއްވަނާގައި ވެސް ހިމެނިފައެވެ.

އިނާމް ދިނުމުގެ ޖަލްސާގައި ވަނީ ޝަރަފުއްދީން ސްކޫލްގެ ހުރިހާ ގޮތަކުން މިދިޔަ އަހަރު އެންމެ އިތުރު ދަރިވަރުން ވެސް ހޮވައިފަ އެވެ. އެތިން ދަރިވަރުންނަކީ އޯ ލެވެލްގައި އިނގިރޭސިން ނުވަ ވަނަ ހާސިލް ކުރި ފަތުމަތު ރަފާ އަހުމަދެވެ. ދެން ހިމެނެނީ ގްރޭޑް 10 ޑީ ގެ ދަރުވަރު ފާތުމަތު އިޒްހާ އިސްމާއިލެވެ.

މިދިޔަ އަހަރު ޝަރަފުއްދީން ސްކޫލުން އޯ ލެވެލް އިމްތިހާނުން ޓޮޕް 10 ގައި އެ ސްކޫލްގެ 30 ދަރިވަރުން ހިމެނިފައިވެ އެވެ. އަދި މީގެ ތެރެއިން ހަ ދަރިވަރަކު ވަނީ އެއް ވަނަ ހާސިލްކޮށްފައެ ވެ.

އިނާމް ދިނުމުގެ ޖަލްސާގައި ޝަރަފުއްދީން ސްކޫލް މިދިޔަ އަހަރު ޔުނިފޯމް ހަރަކާތްތަކުން އެންމެ މޮޅު ދަރިވަރުންނާއި އަދި ގްރޭޑް 8، 9 އަދި 10 ގެ އެކި ވަނަތަށް ހާސިލްކޮށްފައިވާ ދަރިވަރުންނަށް އިނާމް ދީފައިވެ އެވެ.