Last Updated: November 27, 21:29
Wednesday, November 27, 2024
ޚަބަރު

ކާޑުގެ އަގު ބޮޑުވެގެން އުޅެނީ ނަޝީދުގެ ސަބަބުން: އައިބީ

ކާޑުގެ ބާވަތްތަކުގެ އަގަށް ބަދަލު އައިސްފައިވުމުގެ ޒިންމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނަންގަވަން ޖެހޭނެ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އައިބީ މިހެން ވިދާޅުވެފައި ވަނީ މިރޭ ސަން ޓީވީގައި ވާހަކަ ދައްކަވަމުންނެވެ.

އައިބީ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ޖީއެމްއާރަށް ދިން އެއާޕޯޓް އަނބުރާ ހޯދުމަށް 300 މިލިއަން ޑޮލަރު ދައްކަން ޖެހުން ފަދަ ކަންތަކަކީ ކާޑުގެ އަގު ބޮޑުވާން ދިމާވި ސަބަބެއް ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކުރެއްވި ކަންތަކާއި އަދި މިހާރު ވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަންތައް އައިބީ ސިފަކުރެއްވީ "ބަޣާވާތް" ތަކެއްގެ ގޮތުގައެވެ.