Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

"އައްޑޫ އިންފޯ" އާ ބެހޭ މައުލޫމާތު ހިއްސާކޮށްފި

ޔުނިސެފްގެ އެހީތެރިކަމާ އެކު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ތައްޔާރު ކުރާ "އައްޑޫ އިންފޯ" ސޮފްޓްވެއާ އަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާ ގުޅޭ ގޮތުން ކަމާގުޅުން ހުރި މުޢައްސަސާތަކާ އެކު ބައްދަލުވުމެއް ބާއްވައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރ، މިނިސްޓްރީ އޮފް ހެލްތް، ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި އައްޑޫ އިންފޯ އަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި މުޢައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކުރި އެވެ.

އައްޑޫގެ ތަފާސްހިސާބު އެއްކޮށް އެއިން އާބާދީ އާއި ގުޅޭ މުހިންމު މަޢުލޫމާތުތައް ދެނެގަތުމަށް ތައްޔާރު ކުރާ އައްޑޫ އިންފޯ ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ކައުންސިލްގެ މުވައްޒަފުންތަކަކަށް މިދިޔަ މަހު ވަނީ ބާއްވަައިފަ އެވެ. މި ތަމްރީނު ޕްރޮގްރާމް ނަންގަވައި ދެއްވީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ޔުނިސެފްގެ ފަރާތުންނެވެ.

އައްޑޫއިންފޯ ތައްޔާރުކޮށް ބޭނުންކުރަން ފެށުމާއެކު އައްޑޫގެ ތަރައްޤީއާއި ގުޅިފައިވާ މަސައްކަތްތައް ހިންގައި ރޭވުމުގައި އައްޑޫގެ ތަފާސްހިސާބުން އެއްކުރެވޭ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެފަދަ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.