ސީރިޔާގައި އިސްލާމިކް ސްޓޭޓްގެ ބާރުގެ ދަށުގައިއޮތް އެންމެފަހު ސިޓީ ކަމަށްވާ އަބޫ ކަމާލް ސީރިޔާ ސިފައިން މިދިޔަ ބުދަ ދުވަހު މިނިވަންކޮށްފިއެވެ.
އަބޫ ކަމާލް ސިޓީ ސަރުކާރާއި ސަރުކާރަށް ވަފާތެރި ހަގުރާމަވެރިންގެ ބާރުގެ ދަށަށްދިއުމުން ސީރިޔާގައިމިހާރު އައިއެސްގެ ބާރުގެ ދަށުގައިވާ އިތުރުއެހެން ސިޓީއެއް ނޯންނާނެއެވެ.
ގިނަދުވަސްތަކަކަށް ބަދަލުކުރެވުނު ހަަމަލާތަކަށްފަހު މިދިޔަ ބުދަ ދުވަހު ސީރިޔާ ސިފައިންނަށް ކާމިޔާބު ލިބުމުން އަބޫ ކަމާލް ސިޓީގައި ސަރުކާރަށް ވަފާތެރިމީހުން ވަނީ އުފާފާޅުކުރުން ކުރިއަށްގެންގޮސްފައެވެ.
މިކާމިޔާބާ ގުޅިގެން ސީރިޔާ އަސްކަރިއްޔާގެ ޖެނެރަލް ކޮމާންޑުން ބުނެފައިވަނީ އަބޫ ކަމާލް ސިޓީ ސަރުކާރުގެ ސިފައިންގެ ބާރުގެ ދަށަށް ދިއުމަކީ އެ ގައުމުން އައިއެސް ނެތިގެން ދިޔަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެެ. އަދި މިއީ މުހިންމު ސިޓީ އެއްކަމަށާއި ސީރިޔާގައި އައިސް އަށް އިތުރަށް ދެން ވަކިހިއްޕާ ނުލެވޭނެކަމުގެ ޔަގީންކަންވެސް ސީރިޔާގެ އަސްކަރިއްޔާގެ ޖެނެރަލް ކޮމާންޑުން ވަނީ ދީފައެވެ.
އަބޫ ކަމާލް ސިޓީ އަކީ އިރުމަތީ ސީރިޔާގައި ފުރާތު ކޯރު އައްސޭރީގައި އިރާޤް ބޯޑަރު ސަރަހައްދަށްވާގޮތަށް އޮންނަ ސްޓްރެޓެޖިކަލީ މުހިންމު ސިޓީއެކެވެ. މި ސިޓީ އައިއެސް އިން ހިފާފައިވަނީ ތިން މަސް ދުވަސް މެދުނުކެނޑި ސީރިޔާ ސިފައިންނާ ކުރެވުނު ހަނގުރާމައަކަށްފަހު 2014 ވަނަ އަހަރުގައެވެ.