Last Updated: February 4, 22:19
Tuesday, February 4, 2025
ޚަބަރު

"ކައުންސިލަރުން ހާޒިރުވުމުން އެނގެނީ ތަރައްގީ މުހިންމުކަން"

ފޮޓޯ-ޓްވިޓާ

މިއަދު ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް ބިންހިއްކަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ އެމްޑީޕީ ކައުންސިލަރުން ބައިވެރިވުމުން ދޭހަވަނީ ތަމްސީލު ކުރާ ޕާޓީއަށް ވުރެ ރަށުގެ ތަރައްގީ މުހިންމުކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެމްޑީޕީ ކައުންސިލަރުން ޖަލްސާގައި ބައިވެރިވުމަކީ ޕާޓީއަށްވުރެ ރަށުގެ ތަރައްގީ މުހިންމުކަން އަންގައިދޭ އަލިގަދަ ދަލީލެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި މިޖަލްސާގައި ކުޅުދުއްފުށީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކުޅުދުއްފުށީ ކައުންސިލަކީ އެމްޑީޕީން މެޖޯރިޓީ ނަގާފައިވާ ކައުންސިލެކެވެ.

ކުޅުދުއްފުށީ ކައުންސިލްގެ އެމްޑީޕީ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގަތުމުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މަރުހަބާ ދަންނަވާފައެވެ.

ކޮންމެ ޕާޓީއެއް ތަމްސީލު ކުރި ނަމަވެސް އެންމެ ފުރަތަމަ އިސްކުރަންވާނީ އަމިއްލަ ރަށް ކަމަށްބުނެ ޖަލްސާގައި ބައިވެރިވުމުން ޕީޕީއެމް މެމްބަރުން ވަނީ ކައުންސިލަށް ތައުރީފުކޮށްފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.