Last Updated: November 24, 12:53
Sunday, November 24, 2024
ޚަބަރު

އައްޑޫން ކަރަންޓް ކެޑުމުގެ މައްސަލަ ރޯދައަށް ހައްލު ކުރެވޭނެ- ފެނަކަ

ފެނަކައިގެ ކުރީގެ އިސްވެރިން

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް މައްސަލަ ދިމާވެ ދޭތެރެ ދެތެރެއިން ކަރަންޓް ކެޑޭ މައްސަލައަށް ދާއިމީ ހައްލެެއް ލިބޭނީ ދެ މެގަވޯޓް ޖަނަރެޓަރު ގެނެސް އައްޑޫގައި އިންސްޓޯލްކޮށްގެން ކަމަށާއި އެ މަސައްކަތް ރޯދައިގެ ކުރިން ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކަ ކ÷ަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައްޑޫއަށް ގެންނަ ދެ މެގަވޯޓްގެ އިންޖީނު ހޯދުމަށް އަންނަ ހޯމަ ދުވަހު ގެޒެޓްގައި ޝާއިރު ކުރާނެކަމަށެވެ.

ނިމާލް ވިދާޅުވީ އައްޑޫގެ އިންޖީނުގޭގައި މިހާރު ތިބި ޖަނަރޭޓަރުތަކުން އައްޑޫއަށް ބޭނުންވާ ޑިމާންޑާއި އެއްވަރަށް ކަރަންޓު އުފެއްދުމަކީ މިހާރު ދަތިކަމެއް ކަމަށެވެ. އަދި އިންޖީނެެއްގެ މައްސަލައެއް ދިމާވެ ހައްލުކުރަން ނިއްވާލަން ޖެހިއްޖެ ނަމަ ދެން ޖެހެނީ ލޯޑު ނުހިފެހެއްޓިގެން ބައެއް ސަރަހައްދުތަކުން ކަރަންޓް ވަގުތީ ގޮތުން ކަޑާލާށެވެ.

"އެއްވެސް ބޭފުޅަކަށް ކަރަންޓާއި ނުލައި މިއަދަކު ސިކުންތެއްގެ ބައިކުޅަ ބައިވެސް ހޭދަކުރުން އެއީ ވަރަށް އުދަނގޫ ކަމެއް، އަނެއްކޮޅުން ރައްޔިތުންގެ އަގުބޮޑު މުދާ ކަރަންޓް ކެޑިފައި ޖެއްސޭ ވަގުތު އެބަ ހަލާކުވޭ. އެއީ ވެސް ވަރަށް ދެރަ މައްސަލައެއް، އެކަމުގެ ޝަކުވާ އެބަ ލިބޭ" ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ އައްޑޫ މަރުކަޒީ އިންޖީނުގޭގައި ހުރި 650 ކިލޯވޮޓްގެ 3 ޖަނަރޭޓަރު މަރަާމާތު ކުރުމަށް 2.27 މިލިއަން ރުފިޔާގެ ސްޕެއާރ ހޯދުމަށް މިހަފްތާގައި އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"މިހަފްތާގައި މިވަނީ އައްޑޫ އިންޖީނުގޭގެ 3 އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ސާމާން ހޯދުމަށް އެމްޓީސީސީއަށް ދީގެން، ކުރިއަށް އޮތް 7 ދުވަހާއި 14 ދުވަހުގެ ތެރޭގައި އެބޭފުޅުން ސްޕެއާ ގެންނާނެ".

ނިމާލް ވިދާޅުވީ މަރުކަޒީ އިންޖީނުގޭގައި މިހާރު މަރާމާތު ކުރަމުން އަންނަ 1.6 މެގަ ވޮޓްގެ ކަމިންސް އިންޖީނުގެ ބައެއް މަރާމާތު ކުރުމަށް މިހަފްތާއިން އިންޑިއާގެ އިންޖިނިއަރަކު އައްޑޫއަށް އަންނާނެކަމަށެވެ. އަދި އެ މައްސަލަ ހައްލުވުމުން ވަގުތީ ގޮތުން ދިމާވެގެން އުޅޭ މައްސަލަ ހައްލުވާނެކަމަށެވެ.

އައްޑޫން ދޭތެރެ ދޭތެރެއިން ކަރަންޓް ކެޑި އާއްމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނާތީ އަދި އެކަމަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެންދާތީ އެމައްސަލަ ބަލައިދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލުން ވަނީ މަޖިލިސްގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ މިންވަރުބަލާ ކޮމެޓީއަށް ހުށަހަޅަހެޅުމަށް ތައްޔާރުވެފައެވެ.