Last Updated: November 23, 20:04
Saturday, November 23, 2024
ޚަބަރު

11 ފުލުހަކު އިންޑިއާ އާއި ޕާކިސްތާނަށް

ތަމްރީނު ފުރުޞަތުތަކެއްގައި 11 ފުލުހަކު އަވަށްޓެރި އިންޑިއާއަށާއި ޕާކިސްތާނަށް ފުރައިފި އެވެ.

މި ތަމްރީނު ފުރުޞަތުތަކުގައި ބައިވެރިވުމަށް ފުރާފައިވާ 11 ފުލުހުންގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގައި ކުރިއަށްދާ ތަމްރީނު ޕްރޮގްރާމަކަށް ފުރި ފުލުހަކާއި އިންޑިއާގައި ކުރިއަށްދާ ތިން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުރި 10 ފުލުހެކެވެ.

އިންޑިއާ އަށް ފުރި 10 ފުލުހުންގެ ތެރެއިން ހަ ފުލުހުންނަކީ އިންޑިއާގެ ގުޖަރާތު ފޮރެންސިކް ޔުނިވަސިޓީ އިން ކުރިއަށް ގެންދާ “ރޯލް އޮފް ފޮރެންސިކް ސައިންސް އިން އިންވެސްޓިގޭޝަން އޮފް ކްރައިމް” ޕްރޮގްރާމްގައި ބައިވެރިވާ ފުލުހުންނެވެ.

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ބައިވެރިވާ ދިވެހި ފުލުހުންނަކީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އުސާމަތު މުޙައްމަދު އާއި ޕޮލިސް ސްޓާފް ސާޖަންޓް މުޙައްމަދު ޝިފާޢު އަޙްމަދު އާއި ޕޮލިސް ސްޓާފް ސާޖަންޓް ޝާތިރު އަޙްމަދު އާއި ޕޮލިސް ސާޖަންޓް މަމްދޫޙް މުޙައްމަދު އާއި ޕޮލިސް ސާޖަންޓް އަޙްމަދު ޒާއިިލްގެ އިތުރުން ޕޮލިސް ސާޖަންޓް މޫސާ މުޢާޒެވެ.

މި ކޯހުގެ އިތުރުން އިންޑިއާގެ ބެންގަލޫރުގެ ޔޫޓީއެލް ޓެކްނޮލޮޖީސް ލިމިޓެޑް ގެ ފަރާތުން ހިންގާ "އައިޓެކް ސްކީމް 2017: ސަޓިފިކެޓް ކޯސް އިން އެޑްވާންސް މޮބައިލް ކޮމިއުނިކޭޝަން ޓެކޮނޮލޮޖީސް" ޕްރޮގްރާމްގައި ދެ ފުލުހަކު ބައިވެރިވާ އިރު މި ދެ ފުލުހުންނަކީ ޕޮލިސް ސްޓާފް ސާޖަންޓް އަޙްމަދު ފަޒީލް އާއި ޕޮލިސް ސާޖަންޓް މުޙައްމަދު ނަދީމެވެ. މި ޕްރޮގްރާމް މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ފަށާފައިވާއިރު މި ތަމްރީން ޕްރޮގްރާމް 10 ހަފުތާގެ މުއްދަތަށް ކުރިއަށް ދާނެ އެވެ.

އިންޑާ އަށް ފުރި ފުލުހުންގެ ތެރޭގައި ދެން ހިމެނެނީ އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯރ މައިކްރޯ ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ގެ ފަރާތުން ހިންގާ "އައިޓެކް ސްކީމް 2017: ޓްރޭނިންގ މެތަޑްސް އެންޑް ސްކިލްސް ފޯރ މެނޭޖާސް" ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރި ދެ ފުލުހުންނެވެ. މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 8 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާ ދެ ފުލުހުންނަކީ ޕޮލިސް ސްޓާފް ސާޖަންޓް މުޙައްމަދު ރިޝްވާނާއި ޕޮލިސް ސްޓާފް ސާޖަންޓް ޝަޒްވާން އަޙްމަދެވެ.

މީގެ އިތުރުން ޕާކިސްތާނުގައި ކުރިއަށް ގެންދާ 30 ވަނަ "ސައުތު އޭޝިއަން ޓީޗިން ސެޝަން އޮން އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ" ޕްރޮގްރާމުގައި ބައިވެރިވުމަށް އެޤައުމަށް ފުރާފައި ވަނީ ޕޮލިސް ސްޓާފް ސާޖަންޓް އަޙްމަދު އަނީސް އެވެ.

މި ތަމްރީން ޕްރޮގްރާމަކީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް ގެ ފަރާތުން މި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.