Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ހިތަދޫން ވަގަށް ނެގި ތަކެތި ހޯދައި ތިން މީހަކު ހައްޔަރުކޮށްފި

ހިތަދޫގެ ދެ ވައްކަމުގެ މައްސަލައެއްގައި ގެއްލިފައިވާ ތަކެތި ހޯދައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.

މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު ހުށަހަޅާފައިވާ ވައްކަމުގެ ދެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ބަލާފާސްކޮށް އަންގާރަ ދުވަހު އެވެ.

ކޯޓް އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިން ޓީވީއަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިފައިވެ އެވެ.

ވައްކަމުގެ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުގައި ބައިތިއްބަން 15 ދުވަހު މުއްދަތެއް ތިން މީހުންނަށް ވެސް ދީފަ އެވެ.