Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

އައްޑޫގައި ސްޕޯޓްސް ކައުންސިލެއް އުފައްދަނީ

އައްޑޫގައި ސްޕޯޓް ކައުންސިލެއް އެކުލަވާލަން ނިންމައި، އެ ކައުންސިލްގެ މެމްބަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ކްލަބު/ޖަމްއިއްޔާތަކުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކާއި އައްޑޫން ޓީމްތައް ބައިވެރިވާ މުބާރާތްތަކުގައި ކައުންސިލަށް ލަފާދީ އެހީތެރިވުމަށްޓަކައި ކައުންސިލްގެ ސްޕޯޓްސް ކައުންސިލް އެކުލަވާލަން ބޭނުންވާ ކަމަށެވެ.

ސްޕޯޓްސް ކައުންސިލަށް މެމްބަރުން ކަނޑައެޅުމުގައި ތަފާތު އެކި ދާއިރާތަކުގެ ކުޅިވަރު ހަރަކާތް ހިންގުމަށް ރަޖިސްޓްރިކޮށްގެން ހިންގާ ކްލަބު/ޖަމްއިއްޔާ، އެސޯސިއޭޝަންތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިސްކަންދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ސްޕޯޓްސް ކައުންސިލްގެ މެމްބަރަކަށްވުމަށް ޝައުޤުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.