Last Updated: November 23, 05:52
Saturday, November 23, 2024
ރިޕޯޓް

ވޭވް ސައުންޑް: އައްޑޫގެ ވަރަަށް ހިތްގައިމު ގެސްޓް ހައުސްއެއް

ގެސްޓް ހައުސް އައްޑޫގައި ފުޅާވަމުން އަންނަ އިރު، ދާދި ފަހުން އައްޑޫގައި ހުޅުވި "ވޭވް ސައުންޑް" އަކީ އެންމެ ހިތްގައިމު އެއް ތަނަށް ވާނެ އެވެ. މިތަނަކީ އައްޑޫގައި ސްޕަމާކެޓް ހިންގާ 3އެސް މެނޭޖްމަންޓުން ހިންގާ ތަނެކެވެ. މަރަދޫފޭދޫގައި ހަދާފައިވާ ގެސްޓް ހައުސް އަށް ނަން ވެސް ދީފައިވާ އެ ބްރޭންޑާ ގުޅުވައިގެންބެވެ. އެއީ "ވޭވް ސައުންޑް ބައި 3އެސް" އެވެ.

މޫދަށް ކުރިމަތިވާ ގޮތަށް ހަތް ހިމެނޭ ގޮތަށް ހަދާފައިވާ މި ގެސްޓްހައުސްއަކީ ތަފާތު ހާއްސަ ކަންތައްތަކެއް އެކުލެވިގެންވާ ތަނެކެވެ. މިތަނުގެ އެންމެ ހާއްސަ އެއް ކަމަކީ ގެސްޓް ހައުސްގައި ތިބޭ އިރު، ކުރިމަތިން ވަރަށް ރީތި، ދެ ކުޑަ ފަޅުރަށް ވެސް ފެންނަން އޮތުމެވެ. އެއީ ހަޖަރަ އާއި ސަވާހިލި އެވެ.

އެންމެ މި ޒަމާނުގެ ހުރިހާ ހިދުމަތްތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައިވޭ ވޭވް ސައުންޑްއަކީ އައްޑޫގެ ގުދުރަތީ ރީތި ވެށި ވެސް ތަޖުރިބާކޮށްލެވޭނެ ތަނެކެވެ. މިތަން މިހާރު ޓޫރިސްޓުންގެ މެދުގައި އަންނަނީ ވަރަށް ބޮޑަށް މަގުބޫލު ވެސް ވަމުންނެވެ.

އައްޑޫގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ރަށެއްގައި ހިންގާ ތަނަކަށްވާތީ ވޭވް ސައުންޑްގައި ޗުއްޓީ ހޭދަކޮށްލާ މީހުންނަށް ރަށްފުށުގެ ދިރިއުޅުން ވެސް ވަރަށް ފަަސޭހަކާ އެކު ތަޖުރިބާކޮށްލެވޭނެ އެވެ. އެގޮތުން ޗުއްޓީ ހަދާ މީހުންނަށް އައްޑޫގެ ހާއްސަ ތަންތަން ބަލާލުމުގެ އެކްސްކާޝަން ޓްރިޕްތައް ވެސް ލިބޭނެ އެވެ.

ވޭވް ސައުންޑްގެ ހާއްސަ އަނެއް ކަމަކީ ގަން އެއާޕޯޓުން ސީދާ ވެހިކަލްގައި މިތަނަށް ދެވޭ ގޮތަށް އޮތުމެވެ. އެކަމަށް ނަގާނީ ގާގްތަނޑަކަށް 10 ވަރަކަަށް މިނިޓެވެ.. އެއީ ޓޫރިސްޓުންގެ ދަތުރަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ އެވެ.

ވޭވް ސައުންޑްގައި ޗުއްޓީ ހޭދަކޮށްލަން ރޫމެއް ބުކްކޮށްލަން ބޭނުން ނަމަ އެ ފަސޭހަކަން އެބަ އޮތެވެ. އެގޮތުން ބުކިން.ކޮމް އާއި އަގޯޑާގެ އިތުރުން ސީދާ www.3smaldives.com/booking ވެބްސައިޓުން ބުކްކޮށްލެވޭނެ އެވެ.