ޓީވީއެމުން ގެނެސް ދޭ "މޯލްޑިވިއަން އައިޑަލް" ސީޒަން ތިނެއްގެ އޮޑިޝަން އައްޑުއާ އެކު އިތުރު ދެ ސަރަހައްދެއްގައި ބާއްވަން ނިންމައިފި އެވެ.
ކުރީގެ 2 ސީޒަނާއި ތަފާރުކޮށް މިފަހަރުގެ ސީޒަންގެ އޮޑިޝަންތައް ބޭއްވުމަށް ނިންމާފައި ވަނީ މާލޭގެ އިތުރުން އައްޑު ހިތަދު އާއި ރ. އުނގޫފާރު ގަ އެވެ.
ނަމަވެސް އޮޑިޝަން ބާއްވާނެ ތާރީހުތައް އަދި އިއުލާނެއް ނުކުރެ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ސީޒަން 3 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވެސް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ޝޯވގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ޒުވާނުން MI ޖެހުމަށްފަހު، ނަމާއި، ޢުމުރު، މިހާރު ދިރިއުޅޭ އެޑްރެސް އަދި އޮޑިޝަންގައި ބައިވެރިވާނެ ސަރަޙައްދު ޖެހުމަށްފަހު 300 އަކަށް އެސް.އެމް.އެސް ކުރުމުން، އޮޑިޝަންތަކުގައި ބައިވެރިވެވޭނެއެވެ. އުމުރުން 16-30 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް މި ޝޯގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފަ އެވެ.
Revealing #MaldivianIdol season 3 audition locations. pic.twitter.com/q8OOZFogk0
— Maldivian Idol (@Maldivian_Idol) November 17, 2017
"މޯލްޑިވިއަން އައިޑަލްގެ 3" ގެ ލޯންޗްކޮށްފައިވާ އިރު، މިފަހަރުގެ ސީޒަންގައި ޖަޖުންގެ ގޮތުގައި ހަތަރު ފަންނާނުން ފެނިގެން ދާނެ އެވެ. މި ފަހަރުގެ ޖަޖުންގެ ޕެނަލްގައި ހިމެނެނީ، މަރިޔަމް އުނޫޝާ (ކިޑީ)، އިސްމާއިލް އައްފާން، އަޙުމަދު އިބްރާހިމް (އައްމަޑޭ) އަދި ޒާރާ މުޖްތަބާ އެވެ.
ސީޒަން ތިނެއްގެ ހޯސްޓުންނަކީ މޫސާ ވަސީމާއި ޝައިނާ ޝަރީފެވެ.
ގުޅުން ހުރި