Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

"އުގައިލް ރައީސް ޔާމީނަށް ތާއީދު ނުކުރަން ނިންމުމަކީ ހިތްވަރެއް"

އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ރާއްޖޭގެ މަޝްހޫރު ރޮފެސަރު ހަސަން އުގެއިލް، ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ ލިބޭ ހިތްވަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

މި ފަހަކަށް އައިސް އުގުލައި ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަަށް ފާޑު ވިދާޅުވަމުން ގެންދަވާ އިރު، ކުރީގެ ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއިދު ނުކުރައްވަން އުގައިލް ނިންމެވުމަކީ އިސްލާހީ މަސައްކަތަށް ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަށް ލިބޭ ހިތްވަރެއް ކަމަށެވެ. އަދި ރައްޔިތުންގެ ގިނަ ބަޔަކަށް ލިބޭނެ އުފާވެރި ހަބަރެއް ވެސް ކަމަށެވެ.

އުގެއިލް މި ފަހުން އަންނަނީ ސަރުކާރުގެ ދޯދިޔާ އިގުތިސާދީ ސިޔާސަތުތަކާއި ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތަލަށް ވަރަށް ފާޅުކޮށް ފާޑު ވިދާޅުވަމުންނެވެ.