Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ތަރައްގީގެ ޕްލޭނާ ބެހޭ ވޯކްޝޮޕެއް އައްޑޫގައި

ރަށު ފެންވަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި މޫސުމަށް އަންނަ ބަދަލުތައް ހިމަނައިގެން ތަރައްޤީގެ ޕްލޭން އެކުލަވާލޭނެ ގޮތްތައް ބުނެދީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ދިމާވަމުންދާ ގެއްލުމާއި އެކަންތައްތަކަށް ރިޢާޔަތްކޮށް ކަންކަން ރޭވުމުގެ މުހިންމުކަން ދަސްކޮށް ދިނުމާއި މުއައްސަސާތައް ހޭލުންތެރި ކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އައްޑޫގައި ފަށައިފި އެވެ.

ދެދުވަހުގެ މުއްދަތަށް ހިންގާ ވޯކްޝޮޕުގައި އައްޑޫގެ ގިނައަދަދެއްގެ މުޢައްސަސާތަކަކުން ބައިވެރިވެ އެވެ.

އޭގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް، ހައުސިން މިނިސްޓްރީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެމްއެންޑީއެފް ސަދަން އޭރިއާ ހިމެނެ އެވެ.

ވޯކްޝޮޕް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދޭން ހަމަޖެހިފައި ވަނީ މާދަމާ އެވެ.