ސ. ހިތަދޫ މީހަކާ އެކު ފުލުހުންގެ ދަޢުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ކުށް ސާބިތުވި އަށް މީހަކު 3،000ރ. އިން ޖުރިމަނާކޮށް އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އިއްޔެ ހުކުމްކޮށްފައިވާ އެ ނުވަ މީހުންނަކީ ސ. ހިތަދޫ، އެވަފްރީ ނަޞްރުލްއަމީން އާއި ބ. އޭދަފުށި ހީނާމާގެ ޢަބްދުﷲ އުސައިދު ޢަބްދުލް ހަމީދު އާއި، މާލެ ވިލިގިލި ފަންސި އަޙްމަދު ފަހީމް އާއި، މއ. ބަޑިފަސްގަނޑުދޮށުގެ މުޙައްމަދު ނަޢީމް އާއި މާލެ، މއ. ފޯޗިއުން މުޙައްމަދު ޢަލީ ރަޝީދުއާއި، އާއި ކ. ހުރާ ނަރުގިސްވިލާ މުޙައްމަދު މިހާދު އާއި، ނ. މާފަރު، ފިނިފެންމާގެ އަޙްމަދު ޝަރީފް އާއި ހއ. ކެލާ ކޮތަރިވިލާގެ ޢަލީ ރިޔާޒް އާއި މާލެ ގަޖުރާގެ މުޙައްމަދު ޖަލީލު އެވެ.
މި މީހުންގެ މައްޗަށް ހުކުމްކޮށްފައި ވަނީ މާޗް 1، 2012 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވަން އޮތް ޖަލްސާ އާ ދިމާކޮށް މާލޭގެ މަގުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވެ އަލިކިލެގެފާނު މަގާއި ލިލީމަގާއި ގުޅުނު ހަތަރު އަނގޮޅީގައި މީހުން އެއްވެފައިވަނިކޮށް އެތަނުގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޝީލްޑްތައް ކޮއްޕާ ފުލުހުންގެ ސަފުތައް ފަޅާލާ ފުލުހުންގެ ދައުރަށް ހުރަސް އެޅި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލަ އާ ގުޅިގެން ދަޢުލަތުން ދައުވާކޮށްފައިވާ ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސަޢީދު ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ކުށް ސާބިތު ކުރުމަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައިވާ އިރު މި މައްސަލާގައި ދަޢުލަތުން ދައުވާ އުފުލި އދ. ދަނގެތި ޖަންބްމާލެ، އަޙުމަދު އާހިދުގެ މައްޗަށް އެހެން ޤަޟިއްޔާ އަކުން ހުކުމް އިއްވާނެ ކަމަށް ވެސް ހުކުމުގެ ޤަޒިއްޔާގައި ބަޔާންކޮށްފައި ވެ އެވެ.