Last Updated: November 23, 17:23
Saturday, November 23, 2024
ޚަބަރު

މަޖިލީހުން ހިންގަނީ ބޮޑެތި ޖަރީމާތައް: ޑރ. ޖަމީލް

ބޭރު ގައުމުތަކާ އެކު ބޮޑެތި ވިޔަފާރީގެ އެގްރިމަންޓްތައް ހަދަން ރައްޔިޔުންގެ މަޖިލީހުން ފާސް ކުރަން ނަގަނީ މަދު ވަގުތުކޮޅެއް ކަމަށާ އެއީ މަޖިލީހުން ހިންގާ ބޮޑު ޖަރީމާއެއްކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ޗައިނާއާ އެކު މިނިވަން ވިޔަފަރީގެ އެއްބަސްވުމުގައި ސޮއި ކުރަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރުހުން ދިން މައްސަލައަށް ފާޑު ވިދާޅުވަމުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑެތި އެއްބަސްވުންތައް ބޭރު ގައުމުތަކާ އެކު ކުރާއިރު، ރައްޔިުންގެ މަޖިލީހުން އެކަމަށް ނަގަނީ މަދު ވަގުތުކޮޅެއް ކަމަށެވެ.

"މަޖިލީސް ތެރޭގައި މިކަންކަން ކުރަމުންދާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ،" ޖަމީލް ވިދާޅުވި އެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މައްސަލަ ބުދަ ދުވަހު މަޖިލީހަށް ހުށައެެޅުމާ އެކު ކުއްލި ޖަލްސާއެއް ބާއްވާ މައްސަލަ މަޖިލީހަށް މައްސަލަ ބަލައިގަނެ، އެންމެ ދިހަ މިނެޓްގެ ކޮމެޓީ ބައްދަލްވުމަކުން މައްސަލަ ފާސްކޮށްފައިވާ އިރު، އެރޭ ޖަލްސާ ބާއްވާ އެކަމަށް މަޖިލީހުުން ވަނީ ރުހުން ދީފަ އެވެ.