(މާޗް 26 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ޖެހިގެން އައި ދުވަހު ހަމަ ހެނދުނު ސައިގާ އަތުވެއްޖެއެވެ. ކުޑަވަރެއްގެ ފޮށްޓެއްގައި ފޮނި ކާއެއްޗިހި ބަންދުކޮށްގެން ގެނަ އެވެ. އަދި ކުޑ މީހާގެ އުއިފޮތީގެ ހެދުންތަށް ވެސް ގެނަ އެވެ. ލަހުފާގެ އެއްވެސް މީހަކު ލަހުފާ ދެކެލާކަށް ނާދެ އެވެ. މިކަމާ ލަހުފާ ދެރައެއް ނުވެ އެވެ.
އެކަމަކު ސައިގާ ކުޑަ މީހާ އަށް ހަދިޔާ ގެނައީމާ ކޮންމެވެސް އުނިކަމެއް އޭނާ އަށް އިހްސާސް ވި އެވެ. ސައިގާ ކުޑަ މަންޖެ ކާރީ ވަރަށް ގިނަ ވަގުތު ހޭދަ ކުރުމަށް ފަހު ދިޔައީ އެވެ.
ނަވީންގެ ފަރާތުން އެއްވެސް ތަފާތުވުމެއް ލަހުފާއަކަށް ނުފެނުނެވެ. މިކަމާ އޭނާ ޝުކުރު ކުރި އެވެ. ލަހުފާ ހީކުރީ ސައިގާ ފެނުމާ އެކު މަންމަ ކައިރިއަށް ދާން ނަވީން ބޭނުން ވާނެ ކަމަށެވެ. އަދި ސައިގާ ވެސް ލަހުފާ އާ ދެކޮޅަށް ނަވީން ކައިރީ ވާހަކަ ދައްކާނެ ކަމަށެވެ. އެކަމަކު އެއީ ވަރަށް އަޙްލާޤު ރަގަޅު މީހެކެވެ.
ކުޑަ ދަރިފުޅުގެ ސިއްހަތާ ބެހޭ ގޮތުން ނަސީހަތް ދިނުން ފިޔަވައި އިތުރު ވާހަކައެއް ނުދައްކަ އެވެ. ދެބެއިން ވެސް މަންމަގެ ވާހަކައެއް ނުދައްކ ައެވެ. މިކަމާ ލަހުފާ ހައިރާން ވެސް ވި އެވެ. އެެހެނަސް އެއްވެސް އެއްޗެކޭ ނުބުނެ އެވެ.
"ދައްތާ ދޮންބެއަކީ ގޭގެ ހުރިހާ މަސައްކަތެއް ދަންނަ މީހެއް. އަހަރެންނަށް ވަރަށް ފަސޭހަ،" ލަހުފާ ނަވީން އަށް ތާރީފް ކުރި އެވެ.
"ތީ ތެދެއް. ގޭގެ ހުރިހާ ކަމެއް ވެސް އޭރު ވެސް ކުރަމުންދަނީ ދޮންބެ. ކެއްކުމުގައި ވެސް ދޮންބެޔަަކީ މާހިރެއް." ސާއިގާ ވެސް ނަވީން އަށް ތާރީފް ކުރި އެވެ. އެ ވަގުތު ނަވީން ގެޔަށް އަ އެވެ.
"އައްދެ ކޮއްކޮ އައީ ކޮންއިރަކުތަ؟" އަތުގައި ހުރި މޭވާ ޓުކުރި މެޒު މަތީ ބަހައްޓަމުން ނަވީން ބުނެލި އެވެ.
"އިރުކޮޅެއް ވެއްޖެ. މިހާރު ދެން ދާންވީ." ސާއިގާ ތެދުވަމުން ބުނެލ ިއެވެ.
ކުޑަދރިފުޅަށް ނަން ކީދުވަހު ސައިގާ އާއި މަންމަ އެ ގެއަށް އަ އެވެ. އެހެނަސް މަންމަ ލަހުފާޔާ ވާހަކައެއް ނުދައްކަ އެވެ. ކުޑަ މަންޖެ އާ ދިމާއަަށް ބަލާލަނީ ފަކުރަކަށް ބަލާހެނެވެ.
ނަވީން މި މަންޒަރު ފެންނަ ކަމަކަށް ނަހަދަ އެވެ. ސައިގާ އެ މަންޖެގެ ކަރުގައި ރީތި ރަން ފަށެއް އެޅުވި އެވެ. އޭގެ ފުލުގައި
ޖަވާހިރުގެ މުތީއެއްހަރުކޮށްފައި ހުއްޓެވެ. ކިތަންމެ އަގުބޮޑު ހާރެއް މަންމަގެ އަތުން އެޅުވިޔަސް މަންމަގެ ހިތް ދަރިފުޅާ މެދު ރަނގަޅު ނޫންކަން ލަހުފާ އަށް އެނގުނެވެ. ތެދެކެވެ. ގަހަކަށް ނެތް ލޯތްބެއް ގަހުގެ ފަތަކަށް ނުހުންނާނެ އެވެ. މިއީ ލަހުފާގެ ހިތް ބުނާ އެއްޗެކެވެ.
ލަހުފާ ގަދަވެ ގައިގައި ވަރުޖެހުމުން ކުދިކުދި ކަންތަށް އަމިއްލަ އަށް ކުރަން ފަށައިފި އެވެ. ނަވީން އާއި ލަހުފާ މިހާރުއްސުރެ ދަރިފުޅު ވައްދާނެ ސްކޫލަކާ މެދު ވެސް ވާހަކަ ދައްކަން ފަށައިފި އެވެ.
ނަވީން ދައްކާ މަޖާ ވާހަކަތަކާ ލަހުފާ ބިނދި ބިނދިފައި ހީ ހަދަ އެވެ. މިހާރު ދަރިފުޅަށްވެސް ތިން މަސް ފުރިއްޖެ އެވެ. ލަހުފާ ތާއަބަދު އުޅެނީ އެ ކުއްޖާފުޅުގެ ކަންތަކުގަ އެވެ. ކުޑަކޮށް ބަނޑުގައި ރިއްސާލިޔަސް ހީވަނީ ލަހޫގެ ފުރާނަ ނިކުމެދާނެ ހެންނެވެ. ކިބިއްސެއް އަޅާލިޔަސް އަވަހަށް ޑޮކްޓަރު ކާރިޔަށް ގެންދެ އެވެ. ބައެއް ފަހަރަށް މާ ރަނގަޅަށް ކަންތަށް ކުރެވޭތީ އެ ކުއްޖާގެ ހަށިގަނޑު މިލާ މޯޅިވަމުން ދާހެން ލަހުފާ އަށް ހީވެ ނަވީން ކައިރީ ވަރަށް ޝަކުވާކޮށް ހަދަ އެވެ.
"ނަވީ އަހަރެންނަށް ހީވަނީ މިހާރު އެ މަންޖެ މާބޮޑަށް ހިކެމުންދާހެން. ޑޮކްޓަރަށް ދައްކަން ހިނގާބަލަ."
"މަގޭ ލޯބިވާ ކަމަނާ ތިޔައީ ހަމަ ކަމަނާގެ ވަހުމް ޝައި ހަމަ ބަރާބަރު. ބަލާބަލަ. އެ އޮތް ބައްޕިގެ މޫނަށް ބަލާފަ މަންމަޔަށް މަލާމާތް ކުރަނީނު؟" ނަވީން މަޖާވެލާފައި ބުންޏެވެ.
"އަސްލު ފިރިހެން ކުދިން ބެލުން އަންހެން ކުދިންް ބެލުމަށް ވުރެ ފަސޭހަވާނެ." ލަހުފާ އޭނާޔަށް ހީވާ ގޮތް ބުނެލި އެވެ.
"އެހެން ދޯ؟ ތިއެއް ވެސް އެނގޭނީ ފިރިހެން ކުއްޖަކު ލިބުނީމަ. ޓުރައި ކޮށްލަމާ،" ނަވީން މިހެން ބުނެފައި ލަހުފާ އޭނާގެ އަތުގެ ތެރޭ ބޮނޑި ކޮށްލި އެވެ.
"އަސްތާ ސަހަރޯ މަށަކަށް ނުވާނެ. އެންމެ ކުއްޖަކުން ފުދޭނެ." ލަހުފާ ނަވީންގެ މޭގައި ބޯ އަޅާލި އެވެ.
"އަހަރެން ހިތުން މި އުޅުނީ ފުޓްބޯޅަ ޓީމެއް ހަމަކުރަން. ކުރާނެ ކަމެެއް ދެން ނެތް. އަހަރެންގެ ބައިވެރިޔާ މިހާރުއްސުރެ ހަތިޔާރު ބަހައްޓައިފި،" ނަވީން ލަހުފާ އާ ދިމާކުރަމުން ދިޔަ އެވެ. އެހެނަސް އެއީ ލޯބީގެ ދިމާކުރުމެވެ. އެ ފަޒާގައި ވަނީ ލޯތްބެވެ. ގާތް ކަމެވެ.
މިހާރު ޝައިނާ އަށް ތިން އަހަރު ފުރުނީ އެވެ. މިހާރަކަށް އައިސް ނަވީން ހިޔާލަކަށް ގެއްލިފައި އިންނަތަން ފެނެ އެވެ. ރީތިވުމާއި ބޭރަށް ދިޔުން އޭނާ މުޅިން ހުއްޓާލި ކަހަލަ އެވެ.
ހަމަ ކޮންމެހެން ނުވެގެން ނޫނީ ބޭރަކަށް ވެސް ނުދެ އެވެ. ލަހުފާ މިކަމުގައި ސިކުނޑިޔަށް ބާރުލާފަ ވިސްނަ އެވެ. ހައްލެއް ހޯދުމަށެވެ. މިކަހަލަ ބަދަލުތަށް މ ިއަންނަނީ މާ މަސަައްކަތް ބޮޑުވީމަ އެވެ. ސައިގާ ވެސް އެއްގޮތަކަށް ވެސް ހާލު ބަލާލަން ނާންނަތާ މިހާރު އަހަރެއް ހަމަވަނީ އެވެ.
ފަހަރި އައުމަކުން ނައުމަކުން އޭނާޔަކަށް ވާނެ ވަކި ފައިދާއެއް ނެތެވެ. ނަވީންގެ ބަދަލުވުމުގެ ސަބަބުން ލަހުފާ އާ ނަވީންގެ މެދުގައި ބުނަން ނޭނގޭ ފާރެއް ލެވުނެވެ. މި ފާރު ހުރަސްކޮށް ދާން ލަހުފާ ކިތަންމެ ވެސް ބޭނުމެވެ.
ޝައިނާ ކެއުމަށް އިށީނުމާ އެކު އޭނާގެ ބައްޕަޔަށް ގޮވާލަ އެވެ. އެހެނަސް ބައެއް ފަހަރަށް އަޅާނުލާ ނަވީން ބޭރަށް ދެ އެވެ. މިކަމާ މުޅި ދުވަހު އެ ކުއްޖާފުޅު ހުންނަނީ ރުޅިގަދަ ވެފަ އެވެ.
ކާ މޭޒް ކައިރި އިނދެގެން ލަހުފާ ވިސްނަމުން ގެންދިޔަ އެވެ. އޭނާގެ ހިތް އޭނާ އާ އެވަގުތު މުހާތޮބު ކޮށް ބުނަމުން ދިޔައެވެ.
ލަހުފާއެވެ! ފުދޭވަރަކަށް ތައުލީމު ލިބިފައި ހުރެގެން ވެސް މޮޔ ައަންހެނުން ކުރާކަންތައް ކަލޭ ކުރީ ދޯ އެވެ؟ އެ މީހުންގެ މުޅި ހަޔާތް ހޭދަ ކުރަމުން ދަނީ ފިކުރު ކުރުމުގަ އެވެ. ރުއިމުގަ އެވެ.
މައިވަންތަކަމަކީ ކޮބައިކަން ކަލެޔަކަށް ނުވިސްނޭ ހެއްޔެވެ؟ އިންސާނުންގެ ފިތުރަތުގައި އަމިއްލަ ބޮނޑި ބޮޑުކުރުން އެކުލެވިފައި ވަނީކަން ރަނގަޅަށް އެނގޭނެ އެވެ. ހަމަ އެގޮތަށް ކަލޭ ވެސް ނަވީން ކަލޭގެ އަމިއްލަ މުދާގަނޑަކަށް ހަދާލީ އެވެ.
އަސްތާ އެވެ. އަމިއްލަ ފިރިމީހާ އާ މެދު ވިސްނުން އެއީ ގޯސްކަމެއް ހެއްޔެވެ؟ އަހަރެން އަހަރެންގެ ފިރިމީހާ ރަނގަޅަށް ދަންނަމެވެ. އަހަރެމެން އިނީ ލޯބިންނެވެ. އަދި ކައިވެނި ކުރ ިދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ޝަކުވާ ކުރާނެ ދަނޑިވަޅެއް އަހަރެން އޭނާ އަށް ނުދެމެވެ.
އަހަރެމެންގެ އިތުބާރަކަށް ކުޑ ަނަމަވެސް ހިރަފުސްކޮޅެއް ބުރައިފައެއް ނުވެ އެވެ. ދެ މީހުންނަށް މަޝްވަރާ ނުކުރެވޭ ޓޮޕިކެއް ނާދެ އެވެ. ވ ީއިރު ނަވީންގެ މި ހަމަހިމޭންކަމުގެ ސިއްރަކީ ކޮބައިބާވަ އެވެ؟ އަހަރެމެން ދެ މީހުން ދޭތެރޭގައިވާ ޔަޤީންކަން ފަނޑުވަމުން މި ދަނީ ކީއްވެ ބާވަ އެވެ؟
މޮޔަ އަންހެންކުއްޖާ އެވެ. ފިރިމީހާގެ ސިފަޔަށް ބަލާފަ ނުވިސްނާށެވެ. އޭނާ ވެސް އޭނާގެ މަންމަ ދެކެ ލޯބި ވާނެ އެވެ.
މާތް ކަލާނކޯ އެވެ. އެގޮތަށް އިށީދެގެން އިންދާ އޭނާގެ ސިކުޑިޔަށް ތޫފާން އަތުވެއްޖެ އެވެ. އޭނާ ނާސްތާ ކުރުން ވެސް ހުއްޓާލީ އެވެ. ހަމައެކަނި ނަމަކަށް ސައިތަޓެއް ކުރިމަތީ ހުއްޓެވެ. އެކަމަކު މިހާރު އެވެސްް ވަނީ ހިހޫވެ ނިމިފަ އެވެ.
ހަގީގަތުގައި މި މޫޑުގައި އޭނާ ނަވީންގެ ކުރިމައްޗަށް އަރާކަށް ބޭނުމެއ ްނޫނެވެ. އޭނާ ގަސްތު ކުރަނީ ވެގެން އުޅޭގޮތް ނަވީން މީގެ ކުރިިޔެކޭ އެއްގޮތަށް އޭނާ ކައިރީ ކިޔައި ދިނުމެވެ. ރީތި ގޮތަކީ ވެސް އެއީ އެވެ.
"މިއަދު އޮފީހުން ތި އައީ ހާދަ ލަހުން. ޝައި ވެސް އިންތިޒާރު ކޮށްކޮށް ވަރުބަލިވެގެން ނިދައިފި،" ކާ މޭޒް ރޭގަނޑުގެ ކާނ ާއަށް ތައްޔާރު ކުރަމުން ލަހުފާ ނަވީން އާ ވާހަކަ ދެއްކި އެވެ.
(ނުނިމޭ)