Last Updated: September 16, 22:20
Monday, September 16, 2024
ޚަބަރު

އައިޑޮލް 3 ގެ އޮޑިޝަން އައްޑޫގައި ފަށައިފި

ޓީވީއެމުން ގެނެސްދޭ "މޯލްޑިވިއަން އައިޑޮލް" ސީޒަން ތިނެއްގެ އޮޑިޝަން މިއަދު އައްޑޫގައި ފަށައިފި އެވެ.

ހިތަދޫގައި ހުންނަ ގައުމީ ޔުނިވަސިޓީގެ ކެމްޕަހުގައި މިއަދު ހެނދުނު 9:00 އިން ފެށިގެން އޮޑިޝަން ކުރިއަށްދާ އިރު، އޮޑިޝަން ކުރިއަށްދާ ވަގުތަކުގައި ގޮސް ރަޖިސްޓްރީވާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

އައިޑަލްގެ މި ފަހަރުގެ ސީޒަންގައި ފަނޑިޔާރުންގެ ޕެނަލްގައި ހިމެނެނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖު އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭއްގައި ޖަޖިން ޕެނަލާ ގުޅުނު އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލާ ގުޅުނު ޒާރާ މުޖުތަބާ އެވެ.

މި ފަހަރުގެ ސީޒަންގެ ފިރިހެން ހޯސްޓަކީ މޫސާ ވަސީމެވެ. އަންހެން ހޯސްޓަކީ ދިވެހި އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ އޮޑިޝަން މި ފަހަރު ބާއްވަނީ ތިން ސަރަހައްދެއްގަ އެވެ. އެއީ އައްޑޫގެ އިތުރުން މާލެ އާއި ރ، އުނގޫފާރެވެ.

އެގޮތުން އޮޑިޝަން ފެށީ ކުރީ ފަހަރުތަކާ ވެސް އެއްގޮތަށް އައްޑޫންނެވެ.