ރައްޔިތުންގެ މަޖިލީސް ކުރާ ގޭގެ ތެރެއަށް އެއްވެސް ބަޔަކަށް ވަދެ ނުގަނެވޭނެ ކަމަށާއި އެފަދައިން ވާހަކަ ދައްކަވާ ބަޔަކު އެއީ ހީލަތްތެރި ރޭވުމަކުން ދައްކާ ވާހަކަ އެއްކަމުގައި އެމްޑީޕީގެ ޗެއަޕާސަން މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަ ވަނީ އެމްއެންޑީއެފްގެ ވަރަށް ގާބިލް ޔުނިޓަކުން ކަމަށެވެ. އެހެންވެ އިތުރު އެހީތެރިކަން އެ ބޭފުޅުން ބޭނުންވެލައްވާ ނަމަ އެކަމުގައި ވެސް އިސް ނަންގަވާނެ ގައުމީ ސިފައިންނާ ފުލުހުން ވަކި މަދެއް ނުވާނެ ކަަމަށް މޫސަ ވިދާޅުވި އެވެ.
"މަދަނީ އިއްތިހާދޭ ކިޔައިގެން އުޅޭ ބައިގަނޑަކުން އެބައި މީހުން މަޖިލީހަށް ވަދެގަތަ ދެއްވާނީ ދިވެހި ފުލުހުންނޭ ކިޔުއްވައިގެން އާންމުތަންތަންތާ ވާހަކަ ދެއްކެވުމަކީ ވަރަށް ބޮޑު މައްސަލައެއް. އެކަމާ މިހާތަނަށް ފުލުހުން ރައްދެއް ނުދެއްވާކަމުން އެކަމުގެ ނާމާންކަން އިތުރުވެފައި ވިޔަސް އެއީ މަދުބަޔަކުގެ ސިޔާސީ ދަހިވެތިކަމާ ރޭވުމުން ހިންގާ ކަނކަން." މޫސާ ވިދާޅުވި އެވެ.
މި ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑިޕީ އޮވެގެން މަޖިލީހަށް ބަޔަކު ނުރައްކާތަކެއް ކުރިމަތި ކުރުވިޔަ ނުދިނުމަށް ގިނަ މެމްބަރުންތަކެއް ނުކުމެ އެއްވެސް ކަހަލަ ނޭދެވޭ ކުރިމަތިލުމެއް ހިނގިޔަ ނުދެއްވުމަށް އިސް ނަންގަވާނެ ގައުމީ ފުހުންނާއި ސިފައިން އެބަތިއްބެވި ކަމަށާއި ބަޣާވާތުގެ ބައިވެރިވުން އޮތީ އެފަދަ ބޮޑުވެގެންވާ ޖަރީމައެއް ރާއްވަވައިގެން ހިންގެވޭ ވަރަށް ވުރެ މަދު ބަޔަކުކަން ފާހަގަވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.