Last Updated: April 19, 17:31
Saturday, April 19, 2025
ޚަބަރު

މަގޫދު އަށް ދާން ފެތި މީހަކު މަރުވެއްޖެ

އިދިކޮޅު ޕާޓީތަކުން މިރޭ ފ. މަގޫދޫގައި ބާއްވާ ޖަލްސާއަށް އެ އަތޮޅު ބިލެއްދޫން ފަތާފައި ދިޔަ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.

މިކަން ހިނގީ ބިލެއްދޫގެ ޒުވާނުންތަކެއް ފަތާފައި، މަގޫދު އަށް ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް ތިން މޭލަށް ވުރެ ދުރުގައި އޮންނަ މަގޫދު އަށް ފަތާފައި ދަނިކޮށް މަރުވީ ބިލެއްދޫ ސާމަރާމަންޒިލް އިބްރާހިމް ނާހިދެވެ. އޭނާ މަރުވީ، މޫދަށް ފުންމާލިތާ މާ ގިނަ އިރުތަކެއް ނުވަނީސް މެއަށް ތަދުވާތީ ލޯންޗެއްގައި ރަށަށް ގެންގޮސް، އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެނގިފައވެ އެވެ.

އަދި ނާހިދު މަރުވީ ފަރުވާ ދެމުން އަންނަނީކޮށް 40 ވަރަކަށް މިނިޓް ފަހުން ދެވަނަ ހާޓްއޭޓެކެއް ޖެހިގެންނެވެ.

ނާހިދާއެކު މޫދަށް ފުންމާލި މީހަކާ ހަވާލާދީ ބައެއް މީޑިއާތަކޔން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮތުގައި ނާހިދު މެއަށް ތަދުވެގެން ލޯންޗަށް ނެގީ، އެ ރަށު ބޭރު ތޮށިމަތިން އެ މީހުން މޫދަށް ފުންމާލައި، 10 ވަރަކަށް ފޫޓު ދުރަށް ދިޔަ ފަހުންނެވެ.

"ނާހިދު މެއަށް ތަދުވާ ވާހަކަ ބުނުމާއެކު ކައިރީގައި އޮތް ލޯންޗަށް އަޅުގަނޑުމެން އޭނާ ނަގައިފިން. ލޯންޗަށް އެރީ ވެސް އޭނާ އަމިއްލައަށް. ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން އޭނާ ބުނި މެއަށް ކުޑަކޮށް ތަދުވާ ކަމާ ރަނގަޅުވާނެ ކަމަށް،" ނާހިދު ސިއްހީ މަރުކަޒަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނޭ މީހަކު ބުންޏެވެ.