މިއަދުން ފެށިގެން އެއް މަސް ދުވަހަށް ސްޕްރީމް ކޯޓް ރިސެސް އަށް ދާން ނިންމައިފި އެވެ.
ސުޕްރީމް ކޯޓް ރިސެސް ކުރިއަށް ދާނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.
އެ ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވި ނަމަވެސް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ މުއްދަތުގައި ވެސް މެދުކެނޑިގެން ނުދާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
ޝަރުއީ އެންމެ މަތީ ކޯޓް ސުޕްރީމް މިއަދު ރިސެސް އަށް ދިޔަ އިރު، ޖުވެނައިލް ކޯޓާއި ސިވިލް ކޯޓް މިހާރު ވެސް އޮތީ ރިސެސްގަ އެވެ.
މި ދެ ކޯޓުގެ ރިސެސް ނިމޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ނަމަވެސް ސިވިލް ކޯޓުގައި ޝަރީއަތްތައް ބާއްވާ ބައެއް މައްސަލަތައް ދަނީ ރިސެސްގެ މުއްދަތުގައި ވެސް ހިންގަމުންނެވެ.
ކޯޓު ތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ތެރޭގައި ކޯޓްތަކަށް ރިސެސް އަށް ދެވިދާނެ އެވެ.