ޤައުމު ދެކެ ލޯބިވާ އެއްވެސް މީހަކު ރައީސް ޔާމީން ދެކެ ރުހިގެން ނުވާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ. ނިޒާރު ވިދާޅުވެފައި ވަނީ އަމިއްލަ އެދުމަށް ނޫން ގޮތަކަށް އެއްވެސް މީހަކު ރައީސް އަބްދުﷲ ޔާމީން އާއި އެކު ނުހުންނާނެ ކަމަށެވެ.
"ޤައުމު ދެކެ ލޯބިވާ އެއްވެސް މީހަކު ރައީސް ޔާމީން ދެކެ ރުހިގެން ނުވާނެ. އަމިއްލަ އެދުމަށް ނޫން ގޮތަކަށް އެއްވެސް މީހަކު ރައީސް އަބްދުﷲ ޔާމީން އާއި އެކު ނުވާނެ"
Gaumu dheke loabi vaa meehaku Yaamin dheke Ruhigen nuvaane. Amilla edhumah noon gothakah Yaamin aai eku nuvaane.
— Ali Nizar (@DhekunuNizar) December 11, 2017
ރައީސް ޔާމީން އަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ މެންބަރުންގެ ތެރޭގައި ހިމެނޭ ނިޒާރު ވަނީ ދާދި ފަހުން ސިފައިންނަށް ހަމަލާދިނުމުގެ ތުހުމަތުގައި ފުލުސް އޮފީހަށް ވެސް ހާޒިރު ކޮށްފައެވެ.
ފުލުހަށް ހާޒިރު ކުރުމާއި ގުޅިގެން ނިޒާރު ވިދާޅުވެފައި ވަނީ އެއީ ހަމަ ބިރުދައްކަން ކުރާ ކަންކަން ކަމަށެވެ.