(މާޗް 27 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ލަސްތަ އަދި ކިރިޔާ އެޖެހީ އަށެއް،" އަތް ފޮހެމުން އެތެރެއަށްވަން ނަވީން ބުނެލ ިއެވެ. ހަމަ އެ ވަގުތު ދުވަމުން ފުމެމުން އައި ޝައިނާ އާއި ލަހުފާ އެކަކު އަނެކަކު ގައިގާ ލައިގަތެވެ. އަދި ޝައިނާ ނުވެއްޓުނީ ކިރިޔާ އެވެ.
"ދަރިފުޅު ކުޑަކޮށް ބަލައިގެން އުޅެބަލަ. ދެންމެވެސް އަނިޔާއެއް ނުވީ ކިރިޔާ ނޫން. ދަރިފުޅަށް ގޮތެއްވެއްޖެޔާ މަންމަގެ ހިތް ކުދިކުދި ވެދާނެ،" ލަހުުފާ މިހެން ބުނެލުމަށް ފަހު އެނބުރިލި އިރު ނަވީން ވަރަށް މާނަވީ ގޮތަކަށް ލަހުފާ އާ ދިމާއަށް ބަލަން ހުއްޓެވެ. އެ ބެލުން ބުނާ ކަހަލަ އެވެ.
ހަމަ ތި ގޮތަށް އަހަރެންގެ މަންމަ ވެސް އަހަރެންނަށް އިންތިޒާރު ކުރާނ ެއެވެ. އެކަމަކު ނޭނގޭ ބާރަކުން އަހަރެންގެ ފައިގައި ވަނީ ކަސްތޮޅު އެޅިފަ އެވެ.
ރޭގަނޑު ކޮޓަރިޔަށް ވަނުމާ އެކު ލަހުފާ ނަވީންގެ ނިދާ ހެދުން ތައްޔާރުކޮށްފަ އެދުމަތީ ބޭއްވ ިއެވެ. ނަވީންގެ ކޮންމެ ކަމެއް ވެސް ލަހުފާ ކުރަނީ އެހާ ފަރުވާތެރިކަމާ އެކުގަ އެވެ. ކުޑަ ދަރިފުޅުގެ ޒިންމާތަކާ ހެދި ދުވަސްކޮޅަކަށް ލަހުފާ އަށް ނަވީންގެ ކަންތަކައް ފަރުވާކުޑަ ކުރެވުނެވެ. އެކަމަކު އޭނާ ހަމަ އަވަހަށް ހުށިޔާރު ވެއްޖެ އެވެ.
އޭނާ ބޭނުން ވަނީ ކައިވެނީގެ ކުރީކޮޅު ހުރި ގޮތަށް ނަވީން ތާޒާކޮށް ނަލ ަހެދިގެން ހުންނާށެވެ. މިކަންތަކަށް އަދި މާ ޒަމާންތަކެއް ނުވެ އެވެ. ވީއިރު ނަވީންގެ ދިރިއުޅުން އެހާ ކަންނެތްވީ ކީއްވެ ބާވައެވެ؟ އާ ހެދުމެއް ވެސް ހޯދާކަށް ނޫޅެ އެވެ. މީރު ވަސް ދުވާ ސެންޓެއްވ ެސް މިހާރު ނެތެވެ. މިއީ ހަމަ އޭނާގެ ފަރުވާ ކުޑަކުރުމުގެ ނަތީޖާ އެވެ. އޭނާ މިހުރިހާ ކަމެއް އަލުން އިއާދަ ކުރާނެ އެވެ. އޭނާގެ ނަވީންބަަދަލުވިޔަކަ ނުދޭނެ އެވެ.
"ނަވީ މާދަމާ ބާޒާރަށް ދާން ހިނގާބަލަ އިނގޭ،" ލަހުފާ ނަވީން އާ ކައިރިވެލަމުން ބުނެލި އެވެ.
"ކުއްލިޔަކަށް ބާޒާރަށްދާ ހިޔާލު އައީ އަނެއްކާ ކިހިނެއްވީ؟" ނަވީން އެނދުގައި ދިގުދެމިލަމުން ބުނެލި އެވެ.
"އަހަރެން ވެސް ރީތި ހެދުމެއް ނުގަންނަތާ ވީ ދުވަހެއްވެސް ނޭނގޭ." ލަހުފާ ދިފާއުގާ ބުނެލި އެވެ.
ދެން އަޑު އިވުނީ ނަވީންގެ ގުގުރި ދެމުމުގެ އަޑެވެ. ގައިމުވެސް އޭނާ އެ ނިދީ ލަހުފާ ވާހަކަ ދައްކަ ދައްކާ އިންދަ އެވެ. ލަހުފާ ވަރަށް ދެރަވި އެވެ. އެނދުގެ އޭނާ އާ ވީ ފަރާތުގައިވާ ބޮކި ނިއްވާލާ އޭނާ ވެސް ނިދައިފި އެވެ. ނަވީން ގޭގައި އުޅޭ ކަމުގައި ވަންޏާ ގިނަ ވަގުތު ލަހުފާ ނަވީން ގެ ކާރީ މާބުރެއް ހެން އެނބުރި އެނބުރި ހު ރެއެވެ. މިކަމުން ވެސް ބަދަލެއް ލަހުފާއަކަށް ނުފެނުނެވެ.
"މަންމީ އަހަރެން މިިއަދު މާމަގެޔަށް ދިޔައިން. ސުކޫލް ނިމިގެން ކޮއްކޮ ހީސް ލަވައިގަތީމަ ބައްޕަ މާމަގެ އެތާ ކައިރީ ހުރީމާ ގެންދިޔައީ." ޝައިނާ އުފަލުން އޭނާގެ މާމަގެ ގެއަށ ދިޔަ ވާހަކަ މަންމަ ޔަށް ކިޔައި ދިނެވެ.
އެ ވަގުތު ޝައިނާގެ ދަބަސް ހިފައިގެން ނަވީން ވެސް ކޮޓަރިޔަށް ވަނެވެ. އެކަމަކު ނަވީން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި ލަހުފާ ވާހަކަ ދައްކައިގެން ޒުވާބު ކުރާކަށް ބޭނުމެއް ނުވި އެވެ. އަލިފާން އިތުރަށް ރޯކުރަން އޭނާ ބޭނުމެއ ްނޫނެވެ. އެއީ އަލިފާން ކަނިގަޑު ހުޅުގަނޑަކަށް ބަދަލު ވެދާނެ ކަމަށްޓަކަ އެވެ.
ހަޔާތުގެ ގާފިލާ އަނެއްކާވެސް ކުރިޔަށް ޖަހައިފި އެވެ. މަޑުމަޑުން ހުރިހާ ކަމެއް ހަމަޔަކަށް އެޅިއްޖ ެއެވެ. ރޭދުވާ ފާއިތުވާން ފަށައިފި އެވެ. ނަވީން ކުރީގެ ދުވަސްތަކޭ އެއްގޮތަށް ބަދަލުވެއްޖެ އެވެ. ލަހުފާގެ އާދަތަށް ވެސް ނަވީން އާ މެދު އިހު ހުރި ގޮތަށް ބަދަލުވެއްޖެއެވެ.
އެކަމަކު ދިރިއުޅުމުގައި ކޮންމެވެސް ކަމެއް އުނިވެގެން ދާކަން ލަހުފާޔަށް އިހްސާސް ކުރެވެމުން ދިޔައެވެ. ކުރީގެ ހަޔާތާ މުޅިން ތަފާތު ވެއްޖެހެން އޭނާޔަށް ހީވާ ކަހަލަ އެވެ.
ދުވާލަކު އެތައް ފަހަރަކު ނުބައި ގޮތްގޮތަށް ހީކުރެވެ އެވެ. އެތައް ސަތޭކަ ފަހަރަކު ހިތަށް ހަމަޖެހުން ހޯދެވޭތޯ އުޅެވެ އެވެ. ނަވީން ކަންތަށް ކުރަނީ މަތި އޮމާން ކުރަން ކަމުގައި އޭނާޔަށް ހީވި އެވެ. ކަންތައްތައް މިހެން ހުރި ކަމުގައި ވިޔަސް އޭނާ އެއްވެސް އުނިކަމެއް ނަވީން އަކަށް ނުދައްކަ އެވެ.
ދެން އަނެއްކާވެސް ލަހުފާ ޝައިނާގެ ކަންތަކުގާ މަޝްއޫލުވެ ދުވަސްތައް ގުނަން ފަށައިފި އެވެ. އެއ ްދުވަހަކު ލަހުފާގެ ބޮޑުދައިތަ ހުމޭރާ ލަހުފާ އާ ބައްދަލު ކުރުމަށް ލަހުފާ މެންގެޔަށް އައެވެ.
ދެ ފަރާތުގެ އާއިލާގެ ނުރުހުމުގައި ކައިވެނި ކުރިޔަސް ދޭތެރެޔަކުން ބޮޑުދައިތަ ގުޅައިގެން ލަހުފާގެ ހާލު ބަލ ާހަދަ އެވެ. އެ ބޮޑުދައިތަ ލަހުފާ ދެކެ ވަރަށް ލޯބިވެ އެވެ.
"ބޮޑުދައިތަ ތިޔަ ދުރުވީ ހާދަ ދުވަހެއްކޮށްފައި؟" ލަހުފާ ބޮޑުދައިތަގެ މޭގައި ބޯޖައްސާލަމުން ބުނެލި އެވެ.
"ލަހުފާ ފަހަރެއްގައި ވެސް ބޮޑުދައިތަގެ ހަބަރު ބަލާލިންތަ؟ އަހަރަކު އެއް ފަހަރު ވެސް މި އާދެވެނީ ބޮޑުދައިތައަކަށްނުނ. ނައިސް ކިތަންމެ ދުވަހެއް ވިޔަސް އަޅާލާނެއް މީހަކު ނުވާނެ." ބޮޑު ދައިތަ ބުންޏެވެ.
"ބޮޑުދައިތާ. އެއީ އެހެންވީ ކަމެއް ނޫން. ކުޑަމީހާ ގޮވައިގެން އެކަނި މާ އެކަނި އުޅެން ޖެހޭތީ ބޭރަށް ވެސް ނުނިކުމެވެނީ."
"ދެން އެންމެ ރަނގަޅު. އަހަރެންގެ ކުޑަ މަންޖެ ކޮބާ؟ މާތް ރަސްކަލާންގެ އިރާދަފުޅުން ލަހުފާ އަށް ލިބުނީ ސިއްހަތު ރަނގަޅު ދަރިއެއް. ބޮޑުދައިތަ ކުރީގައި ވެސް ބުނީމެއްނު ކޮންމެ ކަމެއްވެސް ވާނީ އެކަމެއްގެ ވަގުތުގައޭ. އަދި މާ ގިނަ ދުވަހެއް ނުވެ ފިރިހެން ކުއްޖަކު ވެސް ލިބި ދާނެ."
ލަހުފާ ދުވެފައި ގޮސް ދަރިފުޅު ގޮވައިގެން އަ އެވެ.
"ﷲ މިންވަރުފުޅުން ވަރަށް ލޯބި ކުއްޖެެއް. އަހަރެންނަށް ހީވަނީ ބޮޑަށް ވައްތަރީ މީނާގެ މާމަޔާ ހެން."
"ލައްބަ އެހެން ނޫނީ އެއީ އެ މީހުންގެ ދަރިޔެއް ކަމެއް ފަހަރުގައި ޤަބޫލް ވެސް ނުކުރީސް."
"ގޭތެރޭގައި މިއޮތީ ކޮން ހިމޭން ކަމެއް؟ ނަވީން ކޮބާ؟"
"އޭނާ އަދި އޮފީހަކުން ނުދުރުވޭ."
"ލަހުފާ ސިއްހަތު މާކަ ރަނގަޅު ހެނެއް ހީއެއް ނުވޭ. އަނެއްކާ މާ ބަލީތަ؟"
"ހަށިގަނޑުގައި މާ ބޮޑަށް މަސްޖެހީ ދޮގެއްތޯ؟" ލަހުފާ ހިނިތުން ވެލަމުން ބުނެލި އެވެ.
"ކޮއިފުޅާ މަސް ޖެހުމަކީ ބިރުވެރި ކަމަކަށްވާ ނަމަ ދުނިޔޭގެ ހުރިހާ މީހުން ވެސް ހިތާމަ ކުރާނެ. އެކަމަކު ކޮއިފުޅު ލޯވަޅުވަދެފަ ހުރުމާއި ލޯ ކައިރި ކަޅުވެފައި ހުރުމުން ހީވާގޮތުން ދަރިފުޅު މާ ބުރަކޮށް އުޅެނީ."
"އަރާމު ކުރާނެ ވަގުތު ނުލިބެނީ. ސައި ހަދައިގެން އެބަ އަންނަން. އޭރުން ވާހަކަ ދައްކަން ފަސޭހަ ވާނެ." ލަހުފާ ތެދުވެގެން ގޮސް އައީ ސައި ހިފައިގެނެވެ.
ވަރަށް ގިނަ ތަފާތު ވާހަކަ ބޮޑުދައިތަ ދެއްކިއެވެ. ދަރިފުޅަށް ކަންތަށް ކުރަންވީ ގޮތް ކިޔައި ދިނެވެ.
"ދަރިފުޅު ނަވީނު މަންމަ ގެޔަށް ނުދާ ވާހަކަ އަޑު އެހިން. އެއީ އެހާ ރަނގަޅު ކަމެއް ނޫން. އެ ގެއަށް ގޮސް އެ މީހުންނާ ބައްދަލު ކުރަން ޖެހޭނެ. ދަރިފުޅު ވެސް ވިސްނާލަބަލަ. ހަމަ ދަރިފުޅު ޝައިނާ ދެކެން ބޭނުންވާ ފަދައިން ނަވީނުގެ މަންމަ ވެސް ނަވީނު ދެކެން ބޭނުން ވާނެ."
"ބޮޑުދައިތާ. މިއީ ވަރަށް އެހެން ކަހަލަ ޒަމާނެއް. ބައެއް ފަހަރު މަންމަ މެންގެ ބަސް އަހައިގެން ނަވީނު ބަދަލު ވެސް ވެދާނެ. އެހެންވެ އެ ގެޔަށް ދިޔަޔަސް ހިތް ހަމަނުޖެހެވެނީ."
(ނުނިމޭ)