މި ސަރުކާރުން އެންމެ ގިނައިން އެއް މަގާމުން އަނެއް މަގާމަށް ބަދަލު ކުރަމުންދާ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިއްޔެ ވަކި ކުރެއްވި ހަސަން އަލީ، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް އައްޔަންކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަނު ކުރެއްވީ އިއްޔެ އެވެ.
ހަސަން އެންމެ ފުރަތަމަ އަދާ ކުރެއްވީ މިސަރުކާރުގެ އެންމެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ނަމަވެސް ފަހުން ވަނީ
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.
އަދި އެ މަގާމުގައި އޭނާ ހުންނަވާތާ ދުވަސްތަކެއް ފަހުން ވަނީ ހައިކޯޓްގެ ރަޖިސްޓްރާގެ މަގާމަށް ވެސް ބަދަލުކޮށްފަ އެވެ.