Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ޖަނެރޭޓަރުތައް އިންސްޓޯލް ކުރުން ހޮނިހިރު ދުވަހު، ކަރަންޓް ކަނޑާނެ

އައްޑޫގެ ކަރަންޓުގެ ހާލަތު ރަގަޅު ކުރަން ގެނެސްފައިވާ 2 މެގަވޯޓުގެ ޖަނެރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ޗައިނާގެ އިންޖިނިއަރަކު މޮނިޓަރ ކުރަނީ. ފޮޓޯ: ފެނަކަ

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގެނެސްފައިވާ 2 މެގަވޯޓުގެ ދެ ޖަނެރޭޓަރު އިންޖީނުގޭގެ މެއިން ނެޓްވޯކްއާ ގުޅުމަށްޓަކައި އިންޖީނުގެއިން އަންނަ ހޮނިހިރު ދުވަހު 3 ގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ފެނަކަ އައްޑޫ އޮފީހުން ބުނެފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 1:00 އާ ދެމެދު އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް މެދު ކެނޑޭނެ ކަމަށެވެ.

"ގަމުން ފެށިގެން ހިތަދުއާ ހަމައަށް އެއްކޮށް ކަރަންޓު ކަނޑާލާނެ. ލަފާކުރެވެނީ ތި ގަޑިއިރުގެ ތެރޭގައި އަލަށް ގެނައި 2 ޖެންސެޓް ވެސް އިންޖީނުގޭގެ ނެޓްވޯކާއި ގުޅާލައި އަލުން ކަރަންޓު ދެވޭނެ ކަމަށް،" އޮފިޝަލް ވިދާޅުވިއެވެ.

ފެނަކަ އައްޑޫ އޮފީހުން ބުނި ދިން ގޮތުގައި 2 މެގަވޯޓުގެ ދެ ޖަނެރޭޓަރުން ކަރަންޓު ދޭން ފެށުމުން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުވެގެން ދާނެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ އިންޖީނުގޭގެ ހާލަތު ރަގަޅު ކުރުމަށް 2 މެގަވޯޓުގެ 2 ޖަނެރޭޓަރު އައްޑޫއަށް ގެނައީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އެ ޖަނެރޭޓަރުތައް އައްޑޫއަށް ގެނައިތާ މާ ގިނަ ދުވަހެއް ނުވެ "މިނިވަން 50" ގެ ބޭނުމަކަށް ކަމާށް ބުނެ މާލެ ގެންދިޔަ އެވެ.

އައްޑޫން ގެންދިޔަ ޖަނެރޭޓަރު ތަކުގެ ބަދަލުގައި އާ ޖަނެރޭޓަރުތަކެއް އައްޑޫ އަށް ގެނައީ އޭގެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.