ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.
އަހަރު ދުވަސް ފަހުން ގާސިމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ކުށަކާ ނުލައި ބޭއިންސާފުން ޖަލުބަންދުގައި ބަހައްޓާފައި ހުންނަތާ 150 ވަނަ ދުވަސްވެއްޖެ ކަމަށާއި އީ ބޮޑު އަނިޔާއެއް ކަމަށެވެ.
އަދި މި އަނިޔާއިން ސަލާމަތްކޮށް ދެއްވުން އެދި ހުރިހާ ރައްޔިތުން ދުއާކޮށް ދިނުމަށް ގާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.
Bismillah . Mi Adhakee . Faris kushakaa nulai bey insaafun jalu bandhugai bahattaafai hunnathaa 150 vana dhuvas Mi bodu aniyaain salaamaiy kohdhehvun edhi Hurihaa beyfulhunves dhuaa kohdhehvun edhen . Qasim
— Qasim Ibrahim (@qasimibrahim) December 14, 2017
ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ދެއްވުން އެދި ދުއާ ކުރުމަށް ރައްޔިތުންގެ ކިބައިން ގާސިމް އެދިވަޑައިގެންފައިވާ އިރު އެމަނިކުފާނު ހުންނެވީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލުހުކުމެއްގަ އެވެ.
Yaa Allah Aniyaaveringe kibain enoon dhivehinnaa dhivehi Qaumu Salaamay kohdhehvaa Hihhamajehumaa ufaaverikan Minvaru kohdhehvaa faandhey eve . Aameen
— Qasim Ibrahim (@qasimibrahim) December 14, 2017
އޭނާ އަށް ޖަލު ހުކުމެއް އައީ ޓީވީތަކުން ވަގުތުން ދައްކަމުން ދިޔަ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ގާސިމް މިހާރު ހުންނެވީ ޖަރުމަންވިލާތުގަ އެވެ. އެ ގައުމަށް ވަޑައިގަތީ ބޭސް ފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެން އޮޕަރޭޝަނެއް ކުރެއްވުމަށް ފަހު ޖަރުމަން ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.