Last Updated: September 21, 20:22
Saturday, September 21, 2024
ޚަބަރު

މޮޅަދޫ އިންޖީނުގޭ ތިޖޫރީ ވަގަށް "ނެގި" މީހުން ހައްޔަރުކޮށްފި

މޮޅަދޫ އިންޖީނުގެ. މޮޅަދޫއަކީ އާބާދީގައި 380 ވަރަކަށް މީހުން ދިރިއުޅޭ ރަށެއް: ފޮޓޯ-ވީނިއުސް

ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ދެމީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނެފައިވަނީ ހައްޔަރުކުރެވުނު ދެމީހުންގެ ތެރެއިން އެކެއްގެ ގެ ވަނީ ބަލާ ފާސްކޮށްފައި ކަމަށެވެ. އަދި އިތުރު ތަނެއްވެސް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ތިޖޫރީ ވަގަށް ނެގި މައްސަލަ މިއަދު ފުލުހުންނަށް ހުށައެޅުމުން، ތިޖޫރީ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފުލުހުން ތިޖޫރީ ހޯދާފައިވަނީ އެރަށުގެ ވަލުތެރެއިންނެވެ.

މޮޅަދޫ ކައުންސިލްގެ ރައީސާ ހަވާލާދީ "ވީނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 38،740 ރުފިޔާ ތިޖޫރީ ވަގަށް ގެންދިޔައިރު ހުންނާނެ ކަމަށެވެ. އަދި ތިޖޫރީ ވަގަށް ގެންގޮސްފައިވަނީ ޑިއުޓީގައި މީހަކުވެސް ހުއްޓާ ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ވަނީ ކިޔާދީފައެވެ. ނަމަވެސް އޭނާއަށް ތިޖޫރީ ވަގަށް ގެންދިޔަ ކަމެއް އެނގިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.