Last Updated: November 24, 05:46
Sunday, November 24, 2024
މުނިފޫހިފިލުވުން

ރާނީގެ "ހިޗްކީ" ގެ ޓްރެއިލާ މިއޮތީ

މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ ވިހެއުމަށް ފަހު ކުޅުނު ފުރަތަމަ ފިލްމް "ހިޗްކީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ އޭނާގެ ފިރިހީމާ އަދި މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާގެ ފިލްމް ކުންފުނި ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

"ހިޗްކީ" ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ 2010 ގައި ރިލީޒް ކުރި ފިލްމް "ވީ އާ ފެމިލީ" ގެ ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ އެވެ. "ހިޗްކީ" އަކީ 2014 ގައި ރިލީޒް ކުރި "މަރްދާނީ" އަށް ފަހު ރާނީ ކުޅުނު ފުރަތަމަ ފިލްމެވެ.

މި ފިލްމްގައި ރާނީ ފެނިގެން ދާނީ ވަރަށް ތަފާތު ޓީޗަރެއްް ރޯލަކުންނެވެ. އަދި ރާނީ ފެނިގެން ދާނީ ވެސް ޑިގްލެކޮމްކޮށެވެ.

"ހިޗްކީ" ސިނަމާތަކަށް އަންނާނީ ފެބްރުއަރީ، 23، 2018 ގަ އެވެ.