Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

އެކަހެރިވެގެން އުޅޭ ނަމަ ހަކުރު ބަލީގެ ބިރު!

އެހެން މީހުންގެ ތެރެއަށް ނުކުމެ މީހުންނާ ގުޅިގެން ނޫޅޭ ނަމަ ހަކުރު ބަލީގެ ޝިކާރަކަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާ ހެދި ނެދަލެންޑްސްގެ މާސްޓްރިޗް ޔުނިވަސިޓީ މެޑިކަލް ސެންޓަރުގެ ރިސާޗަރު ސްޓެފެނީ ބްރިންކޫސް ވިދާޅުވީ މުޖުތައު ތެރެއަށް ނުކުމެ އެ މީހުންނާ "ސޯޝަލް ނުވުމަކީ" އަންހެނުންނާއި ފިރިހެނުން ވެސް ހަކުރީގެ ބަލީގެ ޓައިޕް 2 އަށް ހުށަހެޅި ދާނެ ކަމެއް ކަމަށެވެ.

އެގޮތުން ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އެކަހިރިވެގެން އުޅޭ އަންހެނުންނަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު 60 ޕަސަންޓަށް ފަހިކޮށްދެ އެވެ. އަދި އެފަދަ ފިރިހެނުން ހަކުރު ބަލީގެ ޝިކާރައަކަށްވުމުގެ ފުރުސަތު 42 ޕަސަންޓަށް އެބަ އޮތެވެ.

ހަމަމިއާ އެކު އެކަނި އުޅޭ ފިރިހެނުން ހަކުރު ބައްޔަށް ހުށަހެޅުމުގެ 94 ޕަސަންޓް އެބަ އޮތް ކަމަށް ދިރާސާ އިން ވަނީ ދައްކައިފަ އެވެ.

"އެހެންވެ މީހުންނާ ގުޅިގެން އުޅުމަކީ އަދި ސޯޝަލްވުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު ކަމެއް. މިކަމާ އިހުމާލުވުމަކީ ނުރައްކާތެރި ކަމެއް،" ސްޓެފެނީ ވިދާޅުވި އެވެ.