Last Updated: November 24, 05:46
Sunday, November 24, 2024
މުނިފޫހިފިލުވުން

ގަޔާވާ ކަހަލަ މީހަކާ އަދި ދިމައެއް ނުވޭ: ޕްރިޔަންކާ

ލޯތްބަކީ ޕްލޭންކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ނަމަވެސް ހަޔާތުގެ ބައިވެރިއަކަށް ހަދާނެ ކަހަލަ ގަޔާވާ ފިރިހެނަކާ އަދިވެސް ދިމާ ނުވާ ކަމަށް ހޮލީވުޑްގައި ވެސް މިހާރު މަޝްހޫރު ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.

އެމެރިކާގައި އާންމުކޮށް ދިރިއުޅުނަސް މިހާރު އިންޑިއާގައި ހުރި ބަތަލާ ބުނީ ކޮންމެވެސް ދުވަހަކުން އޭނާ ވެސް ކައިވެނި ކުރަން ޖެހޭނެ ކަމަށެވެ.

"އެކަމަކު އަދިވެސް ގަޔާވާ ކަހަލަ މީހަކާ ދިމައެއް ނުވޭ. އެކަހަލަ މީހަކާ ދިމާވި އިރަކުން ކައިވެންޏާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނަން،" ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ޕްރިޔަންކާ، 35، ބުންޏެވެ.

ކަމުދާ ކަހަލަ މީހަކާ އަދި ދިމާ ނުވާ ކަމަށް ޕްރިޔަންކާ ބުނި ނަމަވެސް، އޭނާ ވަނީ ބައެއް އެކްޓަރުންނާ މީގެ ކުރިން ލޯބީގެ ގުޅުންތަކެއް ބާއްވައިފަ އެވެ. އޭގެ ތެރޭގައި މިހާރު ކައިވެނިކޮށް ދަރިއަކު ވެސް ލިބިފައިވާ ޝާހިދު ކަޕޫރާއި ހޮލީވުޑްގެ އެކްޓަރު ޖެރަޑް ބަޓްލާ ހިމެނެ އެވެ.

އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ޝާހްރުކް ހާނާ ދެމެދު ވެސް ސިއްރު ލޯބީގެ ގުޅުންތަކެއް ހިނގި އެވެ. އެކަމަކު އޭނާއަކީ ކައިވެންޏެއްކޮށް ތިން ދަރިން ލިބިފައި ހުރި މީހެކެވެ.