Last Updated: November 23, 21:59
Saturday, November 23, 2024
ރިޕޯޓް

ފިރިހެނުން މިކަމަށް ސަމާލުވާތި!

ގިނަ އިރުތަކެއް ވަންދެން ޓީވީ ބަލަން އެއްވެސް އުމުރެއްގެ އަދި އެއްވެސް ޖިންސެއްގެ ބަޔަކު ވަގުތު ހޭދަ ކުރުމަކީ ސިއްހީ ގޮތުން ފައިދާ ހުރި ކަމެއް ނޫނެވެ. ފިރިހެނުންނަކީ ވެސް އާންމުކޮށް ކުޅިވަރުތައް މެޗްތައް ބެލުމާށާއި ޓީވީ ގޭމްތައް ކުޅެން ގިނަ އިރުތަކެއް ވަންދެން ޓީވީ ދޮށުގައި ހޭދަ ކުރާ ބައެކެވެ.

އެކަމަކު ފިރިހެނުން އެކަމާ ދޭތެރޭ މިހާރު މިއޮތީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހިފަ އެވެ.

ފަހުގެ ދިރާސާއެއްގައި ބުނަނީ މިހެންނެވެ؛

ދުވާލަކު ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ޓީވީ ދޮށުގައި ފިރިހެނުން ހޭދަ ކުރާ ނަމަ، ދަރިފަނި އާލާވުމަށް ހުރަސް އަޅަ އެވެ. މާނައަކީ ދަރިފަނި އާލާވާ މިންވަރު 35 ޕަސަންޓަށް ދަށްވެސްކޮށްލަ އެވެ.

ދިރާސާ ހެދި ޓީމުން ބުނަނީ އެހެން ދިމާވަނީ ޓީވީ ދޮށުގައި އިންނަ ވަގުތަކީ ކަންނެތްކަން އިތުރުކޮށް، ތަފާތު ޖަންކްފުޑް ވެސް ކެމެއުމަށް މަގުފަހިކޮށްދޭ ކަމަކަށްވާތީ އެވެ.

އެހެންވެ މީގައި މުހިއްމީ ފިރިހެނުން ވީހާ ވެސް ބޮޑަށް ހަރަކާތްތެރިކޮށް އުޅުމާ އެކު، ސިއްހަތަށް ގެއްލުން ހުރި ކެއުންތަކުން ދުރުވުމެވެ.

ހަމަމިއާ އެކު އެހާ ގިނަ ވަގުތު ޓީވީ ބަލަން ހޭދަ ކުރާ ނަމަ ލޭގެ ފުރަމޭގައި ލޭގަނޑުވުން ފަދަ މައްސަލަތައް ދިމާވެ، މީގެ ސަބަބުން ޖިންސީ ހަށީގެ ބާރުވެރިކަމާއި ދުޅަހެޔޮކަން ކުޑަކޮށްދެ އެވެ.

ދިރާސާގައިވާ ގޮތުން ކުޅިވަރުތައް ކުޅުމާ އެކު ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ ފިރިހެނުންގެ ދަރިފަނި އެއާ އިދިކޮޅު މީހުންނާ ހިލާފަށް ތިން ހަތަރު ގުނަ އިތުރަށް އުފައްދައިދެ އެވެ،