Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ކެބިން ކްރޫ އިންޓަވިއު ވޯކްޝޮޕެއް އައްޑޫގައި

ކެބިން ކްރޫންނަށް ވާން ބޭނުން ޒުވާނުންނަށް އިންޓަވިއުއަކަށްދާ އިރު ތައްޔާރު ވާނެ ގޮތް ދަސްކޮށް ދިނުމުގެ ގޮތުން އިންޓަވިއު ހުނަރު ދަސްކޮށްދޭ ވޯކްޝޮޕެއް އައްޑޫގައި އަންނަ މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ކެބިން ކްރޫ އެކެޑެމީ (ޑީސީސީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ދެ ދުވަހުގެ ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 އާއި 7 ގައި ހިތަދޫގަ އެވެ.

މި ވޯކްޝޮޕްގައި ބައިވެރިވާން 1،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް 9958800 އަށް އެސްއެމްއެސްކޮށްގެންނާއި އީމެއިލުން ވެސް ނަން ނޯޓް ކުރެވިދާނެ ކަމަށް ޑީސީސީއޭ އިން ބުންޏެވެ. އީމެއިލް ކުރަން ޖެހެނީ dhivehicabincrew@gmail.com އަށެވެ.

ޑީސީސީއޭއަކީ މީގެ ކުރިން ވެސް އައްޑޫގައި ކެބިން ކްރޫން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގާފައިވާ އެކެޑެމީއެކެވެ.