Last Updated: April 19, 23:09
Saturday, April 19, 2025
މުނިފޫހިފިލުވުން

ބަތަލާ ސުރްވީން ޗާވްލާ ކައިވެނިކޮށްފި

"ކަސޯޓީ" ފަދަ ސިލްސިލާތަކަށް ފަހު، ބޮލީވުޑްގެ ފިލްމްތައް ވެސް ކުޅެފައިވާ ބަތަލާ ސުރްވީން ޗާވްލާ ކައިވެނިކޮށްފި އެވެ.

އޭނާ ކައިވެނި ކުރިކަން ފޭނުންނާ ހިއްސާ ކުރީ ކައިވެނީގެ ހަފުލާ ތެރޭގައި ފިރިމީހާއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ.

ސުރްވީން ކައިވެނި ކުރީ ވިޔަފާރިވެރިއެއް ކަމަށްވާ އަކްޝޭ ތައްކަރްއާ އެވެ. ކައިވެނީގެ ހަފުލާ އޮތީ އިޓަލީގަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކައިވެނި ކުރި ވާހަކަ ސުރްވީން މިހާރު ދެއްކިޔަސް އެ ދެ މީހުން ކައިވެނިކޮށްފައި ވަނީ 2015 ގަ އެވެ.

"ހޭޓް ސްޓޯރީ 2" އާއި "ޕާޗްޑް" ފަދަ ފިލްމްތައް ކުޅެފައިވާ، 33، އަހަރުގެ ބަތަލާ މި ވަގުތު ބެލުންތެރިންނަށް ފެނިގެން ދާނީ އެކްތާ ކަޕޫރްގެ ވެބް ސީރީޒް "ހަގް ސޭ" އިންނެވެ.

ސުރްވީން ވަނީ ހިންދީ ފިލްމްތަކުގެ އިތުރަށް ބައެއް ތަމަޅަ ފިލްމާއި ޕަންޖާބީ، ޓެލެގޫ އަދި ކަންނާޑާ ފިލްމްތައް ވެސް ކުޅެފަ އެވެ.