Last Updated: September 8, 06:17
Sunday, September 8, 2024
ރިޕޯޓް

ވޯޓާ ޑައިޓް: ވަރަށް ނުރައްކާތެރި ކަމެއް

ހިކެންވެގެން މިހާރު ބައެއް މީހުން ބޭނުން ކުރާ ޑައިޓްތަކުގެ ތެރޭގައި "ވޯޓާ ޑައިޓަކީ" މިހާރު ވަރަށް ބޮޑަށް ޓްރެންޑްވަމުން އަންނަ ކަމެކެވެ.

މި ވައްތަރު ޑައިޓްގެ ނުރައްކަލަކީ ހަމައެކަނި ފެން ބޮއެގެން ހަށިގަނޑު ހިފަހައްޓާލުމެވެ. އެގޮތުން ކާނާއާ އެއްކޮށް ދުރުވެ، ކޮފީ އާއި ސައި ފަދަ ބުއިންތަކުން ވެސް މަހުރޫމްވެގެން ހަށިގަނޑު ހިއްކާލަން މަސައްކަތް ކުރުމެވެ.

އެކަމަކު ނިއުޓްރިޝަނިސްޓުން ބުނަނީ މިއީ އެއްގޮތަކަށް ވެސް ތަޖުރިބާ ކުރަން ހެޔޮވާ ވަރުގެ ޑައިޓެއް ނޫން ކަމަށެވެ. އަދި އެ މީހުން ސިފަކޮށްފައިވާ ގޮތުގައި މިއީ އެންމެ ނުރައްކާތެރި ޑައިޓެވެ.

"މީގެ ސަބަބުން ހަށިގަނޑު ގުނަވަންތައް ހަލާލުކޮށްލައި މީހާގެ ދުވަސް ދުއްވާލާނެ،" މެއިލް ލޭޓް އަށް ޖޮއާން ލެބިނާ ވިދާޅުވި އެވ. "ވޯޓަ ފާސްޓިން ނުވަތަ ވޯޓާ ޑައިޓްކޮށްގެން ހާޓްއެޓޭކް ފަދަ ނުރައްކަލާ ވެސް ކުރިމަތި ވެދާނެ."

ކެނެޑާގެ ކިޑްނީ ސްޕެޝެލިސްޓެއް ކަމަށްވާ ޖޭސަން ފަންގް ވިދާޅުވި ގޮތުގައި ވޯޓަ ޑައިޓަކީ ކުރެވިދާނެ ކަމެކެވެ. އެއީ އާންމު ސިއްހަތު ރަނގަޅު މީހުން ފިޔަ އެވެ.

"ޓައިޕް ޓޫ ޑައިބެޓީސް ހުންނަ މީހުންނާއި ފަލުވުމުގެ ބަލި ހުންނަ މީހުންނަށް ވޯޓަ ޑައިޓް ކުރެވިދާނެ. އެކަމަކު އެ ވެސް ތަޖުރިބާކާރުންގެ ލަފާގެ މަތިން." އޭނާ ވިދާޅުވި އެވެ.